Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 16:16
ޝައްވާލުމަހުގެ ހަނދު ބެލުން
ޝައްވާލުމަހުގެ ހަނދު ބެލުން
ގޫގުލް
ހަނދު ބެލުން
ޝައްވާލު މަހުގެ ހަނދުބެލުން އޮންނާނީ ޖޫން 24 ގައި
ހަވީރު 17:30 ން ފެށިގެން އޮފީސްތައް ހުޅުވިފައި ހުންނާނެ
މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ އަންނަ އާދިއްތަ ދުވަސް

މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ބެލުން ޖޫން މަހުގެ 4 ވަނަ ދުވަހު އޮންނާނެ ކަމަށާއި ޝައްވާލްމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލުގެ އިދާރާތަކާއި، އަތޮޅު ކައުންސިލުގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

 

ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރި ގޮތުގައި 29 ރަމަޟާން 1438 ( 24 ޖޫން 2017 ) ވާ ހޮނިހިރު ދުވަހުގެ ހަވީރު 17:30 ން ފެށިގެން އޮފީސްތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.

 

މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ، އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، މެޖިސްޓްރޭޓަކު ނެތް ރަށެއްގައި ނަމަ އެރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ހާޒިރުވެ ހަނދާބެހޭ މަޢުލޫމާތު ދެއްވުން އެދޭކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އާންމު ކުރައްވާފައިވާ އިއުލާނެއްގައި ވެއެވެ.

 

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައެވެ. އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅުމަތީގައެވެ.

 

ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެއެވެ.

 

ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޓެކްސީޚަރަދު ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

 

ހަނދާ ބެހޭގޮތުން ސާފުކުރުމަށް ބޭނުންވާ މަޢުލޫމާތެއްވާނަމަ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު 3006246 3006245 ފޯނަށް ގުޅުއްވުން އެޑިޕާޓްމަންޓުން އެދިވަޑައިގަންނަވައެވެ. ރަށްރަށުގައިނަމަ ގުޅުއްވާނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، މެޖިސްޓްރޭޓް ނެތް ރަށެއްގައިނަމަ ގުޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލް އިދާރާއަށް ކަމަށް ވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިއުލާންގައި ވިދާޅުވެފައި ވެއެވެ.

 

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ އަންނަ އާދިއްތަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް