Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 16:05
ހއ. އިހަވަންދޫ - އެ ރަށު ކައުންސިލުން ކުރި އިޢުލާނެއް އެލްޖީއޭއިން ވަނީ ބާޠިލްކޮށްފައި
ހއ. އިހަވަންދޫ - އެ ރަށު ކައުންސިލުން ކުރި އިޢުލާނެއް އެލްޖީއޭއިން ވަނީ ބާޠިލްކޮށްފައި
ފޭސްބުކް
އިހަވަންދޫ ކައުންސިލް
އެލްޖީއޭގެ ނިންމުމަށް އިހުތިރާމް ކުރަން:އިހަވަންދޫ ކައުންސިލް
ކަންކަންމަތީ ގްރޫޕްހަދައިގެން ތިބެ، ރައްޔިތުންނަށް މައްލަވަކުރޭ
ކުނިއުކާލުމަށް ދާ އަންހެންކުދިންނާއި ފޮށުމަށް ބައިހަދައިގެން ކުނިގޮނޑުގައި ތިބޭ

ރަށުގައި އުޅޭ ބައެއް ބިދޭސީންގެ ބައެއް ހައްގުތައް ގެއްލޭ ގޮތަށް ހއ. އިހަވަންދޫ ކައުންސިލުން އާއްމުކުރި އިއުލާން ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބާތިލް ކަމަށް ނިންމި ނިންމުން ގަބޫލުކޮށް، އެއިއުލާނަކީ ބާތިލް އިއުލާނެއް ކަމަށް ހއ. އިހަވަންދޫ ކައުންސިލުން ނިންމައިފި އެވެ.

އިހަވަންދޫ ކައުންސިލުން އަންގާރަ ދުވަހު އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ ޅ. ހިންނަވަރު އިސްލާއީލް އުމަރު، (އިއްސެ) (54އ)ގެ މަރުގެ މައްސަލާގައި، ފަސް ބިދޭސީއެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކަމަށް ފުލުހުން ބުނާއިރު، ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކައުންސިލުން އާއްމުކުރި އިއުލާނަކީ ބާތިލް އިއުލާނެއްކަމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމި ނިންމުމަށް އިހުތިރާމު ކުރާ ކަމަށާއި ނަމަވެސް ރަށުގައި އުޅޭ ބިދޭސީންގެ މައްސަލަތައް އިންތިހާއަށް އެބައޮތްކަމަށެވެ. 

އިހަވަންދޫ ކައުންސިލްގެ ނޫސްބަޔާނުގައި ވަނީ އިސްމާއިލް މަރާލުމުގައި އެކަންކުރިކަމުގެ ފަހަތުގައިވަނީ ބިދޭސީބައެއްކަން ހާމަވެފައިވަނިކޮށް، ރަށުގައި އުޅޭ ބިދޭސީންގެ ފުށުން މިހާރަކަށްއައިސް ރަށުގެ ރައްޔިތުންނަށް ބިރުވެރިކަމާއި ނުތަނަވަސްކަމާއި ކުރިމަތިލާންޖެހި، އެފަރާތްތަކުގެ އަމަލުތައް ބަހައްޓާގޮތުން މުސްތަގުބަލުގައި ހީނުކުރާވަރުގެ ގެއްލުންތައް ރަށާއި ރައްޔިތުންނަށް ލިބިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

ކައުންސިލުން ބުނީ އިހަވަންދޫގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލާ، ބެލެހެއްޓެނިވި ނިޒާމެއް ގާއިމުކޮށް، ބިދޭސީންގެ އުޅުން ވަކިގޮތެއްގައި ތަންފީޒުކުރުމަށް ކައުންސިލުން، ފާސްކޮށް އާއްމުކުރި، އިއުލާނަކީ ބާތިލް އިއުލާނެއްކަމަށް އެލްޖީއޭގެ ސިޓީއަކުން އަންގާފައިވާތީ، ކައުންސިލްގެ އެނިންމުންތަކަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމުގައިވިޔަސް، ކައުންސިލްގެ އިއުލާނަކީ ބާތިލް އިއުލާނެއް ކަމަށް އެކައުންސިލް ގަބޫލުކޮށް އެކަން ރައްޔިތުންގެ ސަމާލުކަމަށް ދަންނަވާ ކަމަށެވެ.

ކައުންސިލުން ބުނީ ރަށުގައި އުޅޭ ބިދޭސީންނާމެދު އެފަދަ ނިންމުމެއް ނިންމަންޖެހުނީ، ކުނިއުކާލުމަށް ދާ އަންހެންކުދިންނާއި ފޮށުމަށް ބައިހަދައިގެން ކުނިގޮނޑުގައި ތިބުމާއި، ރަށުގެ ބަނދަރު ތޮށިމަތީގައި ބައިހަދައިގެން މަސްބާނަންތިބުމާއި ކަންކަންމަތީ ގްރޫޕްހަދައިގެން ތިބެ، ރައްޔިތުންނަށް މައްލަވަކުރުމާއި، ރޭގަނޑު ނުނިދާ މެންދަމުގެ ވަގުތުގައި ރަށުތެރޭގައި ސަކަރާތުގައި ވަގުތުތައް ހޭދަކުރުމުގެ އިތުރުން ރުއްރުކުން ވެރޭ ކާށި އެއްކޮށްގެން އެއިން ނަފާ ހޯދަމުންދާއިރު، ރުއްރުކުގެ ވެރީންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވެފައިވާތީ ކަމަށެވެ.

އެހެންކަމުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ނުކުމެދާނެ ނުރައްކާތެރި ކަންކަމުގެ މައްޗަށް ވިސްނައި، މިފަދަ ދަނޑިވަޅެއްގައި ރައްޔިތަކު ޖަޒްބާތުވެ، ހިންގަފާނެ ނޭއްގާނީ ކަމެއްގެ ސަބަބުން ބިދޭސީއަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށާއި، ވަށައިގެންވާ މާހައުލުން ފެންނަންހުރި ހަގީގަތްތަކުގެ މައްޗަށް ރިޔާއަތްކުރާއިރު، ރަށުގެ ޒުވާންޖީލު ހަލާކުވެ، މުސްތަގްބަލްގައި ހީނުކުރާވަރުގެ ގެއްލުންތަކެއް މި ރަށުގެ ރައްޔިތުންނަށް ލިބިދާނެ ކަމަށްޓަކައި ކަމަށް ވެސް އިހަވަންދޫ ކައުންސިލުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް