Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 14:55
ފުޓްކޯޓުތައް އެޅުމުގެ މަސައްކަރް ފެށުން
ފުޓްކޯޓުތައް އެޅުމުގެ މަސައްކަރް ފެށުން
ގޫގުލް
ރަމަޟާން 1438
ފުޑް ކޯޓުތަކުގެ ދެ ބްލޮކްގެ މަސައްކަތް ޖުލައި މަހު ނިންމާލެވޭނެ:އެސްޓީއޯ
25 ސްޓޯލް އެޅުމުގެ މަސައްކަތް ކުރެވޭނެ
ހަތަރު ބްލޮކްގެ މަސައްކަތް ސެޕްޓެމްބަރު ހިސާބުގައި ނިންމާލެވޭނެ
މަސައްކަތް ލަސްވެގެންދިޔައީ ތަކެތި ގައުމުގައި ލަސްވުމުން

މާލޭގެ ހުޅަނގު ހާބަރު ސަރަަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ ފުޑް ކޯޓުތަކުގެ މަސައްކަތުގެ ތެރެއިން ދެ ބްލޮކްގެ މަސައްކަތް އަންނަ ޖުލައި މަހުގެ ފަހުކޮޅު ނިންމާލެވޭނެ ކަމަށް އެސްޓީއޯ އިން ހާމަކޮށްފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަހީރު ވިދާޅުވީ، މާލޭ ހުޅަނގު ހާބަރު ސަރަހައްދުގައި ފުޑް ކޯޓް އެޅުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި ޒަމާނީ ޓެންޓްތައް އެޅުމުގެ މަސައްކަތު ގެ ތެރެއިން މިހާރު ފައުންޑޭޝަންގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ބްލޮކް އެކެއް އަދި ދޭއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ، ހަތަރު ބްލޮކަށް ބަހާލައިގެން، ފުޑް ކޯޓުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މަސައްކަތް ލަސްވެގެންދިޔައީ ބޭރުން ގެންނަންޖެހޭ ސާމާނުތައް ގަނައުމުގައި ލަސްވުމުގެ ސަބަބުން ކަމަށް ޝަހީރު ވިދާޅުވި އެވެ.

މާލޭގެ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުގައި ކުރިން ހިންގަމުންދިޔަ ކެފޭތައް ނެގުމަށް ފަހު، ޒަމާނީ ފެންވަރުގެ ފުޑް ކޯޓްތަކެއް އެޅުމަށް އެސްޓީއޯ އާ ހަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ހައުސިން މިނިސްޓްރީން އެ މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްގެން ކުރުމަށް ރާވާފައިވާ އިރު، އެތަނުގައި 25 ނުވަތަ 27 ސްޓޯލު ގާއިމް ކުރެވޭނެ އެވެ.

މި މަސައްކަތް އެންމެ ފުރަތަމަ ފެށީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް ހަވާލު ކުރިތާ، އެއް އަހަރާއި ހަ މަސް ވާން ގާތްވެފައިވާ އިރުވެސް އެ ސަރަހައްދު ތަރައްގީ ކުރެވިފައެއް ނުވެ އެވެ. އެ ސަރަހައްދުގައި ފުޑް ކޯޓުތައް ގާއިމް ކުރާ އިރު، ޕާކިން ޒޯންތަކާއި ދެ ފާހާނާ ބަރިވެސް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް