Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 13:40
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ފަރުވާ ދެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދަވަނީ
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ފަރުވާ ދެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދަވަނީ
ރާއްޖެއެމްވީ
އަދީބު ފިލައިފާނެ
އަދީބު ރާއްޖޭން ބޭރަށް ނުފޮނުވަނީ ފިލައިފާނެތީ: ސަރުކާރު
އަދީބު އަތުން 10 މިލިއަން ޑޮލަރު ލިބެންޖެހޭ
އަދީބު ވަނީ 33 އަހަރަށް ޖަލަށް ލާފައި
އަދީބަށް ފަރުވާ ދިނުމަށް ބޭރުން ޑޮކްޓަރުން ގެންނަން ޖެހޭ

ޖަލަށް ލާފައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުއްވައިފި ނަމަ އެ މަނިކުފާނު ފިއްލެވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ސަރުކާރުން ބުނެފި އެވެ. 

އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ އަދީބަށް ލިބިވަޑައިގަންނަވަންޖެހޭ ސިއްހީ ފަރުވާއަށް ސަރުކާރުން ހުރަސް ނާޅާ ކަމަށާއި އަދީބަށް ރާއްޖޭން ބޭރުން މާހިރުން ގެންނަވައިގެން ވެސް ފަރުވާ ދެއްވަން ޖެހޭ ކަމަށެވެ.

"ދިވެހި ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ އަދީބަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި އަދީބު ދައުލަތަށް 10 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އެހެންވެ، އަދީބު ރާއްޖޭން ބޭރަށް ފޮނުއްވައިފި ނަމަ، އެ ފައިސާ ވެސް ދައުލަތަށް ގެއްލިގެންދާނެ ކަމަށެވެ. އަދީބު ރާއްޖޭން ބޭރަށް ފޮނުވަން ހުއްދަ ނުދެނީ މި ސަބަބުތައް ހުރުމުން ކަމަށް އޭނާ ފާހަގަ 

"ދައުލަތުގެ އެންމެ އިސްވެރިޔާ މަރާލަން އުޅެފައި ހުރި މީހަކު ފިލަންދާ ފުރުސަތު ދޭނީ ކޮން ގައުމަކުންކޯ. ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ދައްކަން ޖެހޭ މީހަކު ފައިސާ ހިފައިގެން ފުރަން ފިލަން ފުރުސަތު ދޭނީ ކޮން ގައުމެއްގައިތޯ،" އަނިލް ވިދާޅުވި އެވެ.

"މި ވާހަކަ މިހެން ދެންނެވުމާ އެކު ވެސް ދަންނަވާލަން އަދީބަށް ވެސް ގާނޫނުގައިވާ ގޮތުގެ މަތިން ފަރުވާ ލިބެން ޖެހޭނެ. ރާއްޖެ އިން ލިބެން ޖެހޭ ހުރިހާ ފަރުވާއެއް ލިބެންވާނެ. ރާއްޖެ އިން ބޭރުން، އޭނާ އަށް ހަމަ އެފޯޑު ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ގެންނަން ޖެހޭ މާހިރުންނާއި ތަކެއްޗާ ގެނެސްގެން ވެސް ފަރުވާ ލިބެންވާނެ."

އަދީބަށް ބޭނުންފުޅުވާ ފަރުވާ ނުދޭނަމަ އެކަން ބެލުމަށް މުއައްސަސާތައް އެބަ ހުރި ކަމަށް ވެސް އަނިލް ވިދާޅުވި އެވެ. 

އަދީބު ފުރުވާލުމަކީ ގެއްލުން ބޮޑު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން ޓޫރިޒމް މިނިސްޓަރު މޫސާ ޒަމީރު ވެސް ވިދާޅުވީ ރާއްޖޭން ބޭރުން އަދީބަށް ފަރުވާ ދިނުމަށް ފޮނުވުން ފަސޭހަ ނޫން ކަމަށެވެ. 

އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވީ އަދީބުގެ ކިޑްނީގައި ހިލަ އުފެދި ފައިވާއިރު، އެތެރެހަށީގައި ސިސްޓްތަކެއް ހުރި ކަމަށާއިި ލޮލުގެ ފެނުން ގެއްލިގެން ގޮސްދާނެ ފަދަ ބައްޔެއް ކަމުގައިވާ ގުލޮކޮމާ ޖެހިފައިވާކަމަށެވެ.

ޓެރަރިޒަމާއި ކޮރަޕްޝަންގެ ތިން މައްސަލައެއްގައި އަދީބަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދީބަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އިތުރު މައްސަލަތައް ތަހްގީގުކުރާއިރު، ބައެއް މައްސަލަތައް ކްރިމިނަލް ކޯޓްގައި ކުރިއަށް އެބަ ގެންދެ އެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 ޖޫން 2017 | އަންގާރަ 13:51
ހުސިންމަނިކު
ވަރިހަމަ އޭނަ ފުރން ފުރު ޞަތުދީ އޭނަ ލައްވާ ތިޔަ ހުރިހާ ވައްކަމެއް ކުރިވީ ކަލޭމެން ތިބައިގަޑު ނޫންތޯ