ކ. މާލެ
|
22 ސެޕްޓެންބަރ 2022 | ބުރާސްފަތި 22:41
އެއްބަސްވުމުގައި ސޮއިކުރުން
އެއްބަސްވުމުގައި ސޮއިކުރުން
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ރާއްޖޭގައި ފުޓްބޯޅަ ތަރައްގީކުރުން
ނިލަންދޫ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ގާއިމްކުރުމަށް ކޯރލައިން މޯލްޑިވްސްއާ ހަވާލުކޮށްފި
ޔޫތު މިނިސްޓްރީން އަންނަނީ ގިނަ ރަށްތަކެއްގައި ކުޅިވަރުކުޅޭ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްކުރަމުން

ފ. ނިލަންދޫ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި ކޯރލައިން މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުން އޮތީ ބުރާސްފަތި ދުވަހު, ޔޫތު މިނިސްޓްރީގައެވެ. މި ރަސްމިއްޔާތުގައި ކޯރލައިން މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ ޙުސައިން ޢަބްދުލް ޙަކީމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސައިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާޢީލްއެވެ. 

މި ޕްރޮޖެކްޓް ކޯރލައިން މޯލްޑިވްސްއާ ހަވާލުކޮށްފައިވަނީ 4،963،878.59 މިލިއަން ރުފިޔާއަށް، 120 ދުވަސް ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.

ޔޫތު މިނިސްޓްރީން އަންނަނީ ގިނަ ރަށްތަކެއްގައި ކުޅިވަރުކުޅޭ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަހުގެ ކުރީކޮޅު ވަނީ ތިން ރަށެއްގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމްކުރުމަށް ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށްފައެވެ. އެއީ ބ. ގޮއިދޫގައި ސްކޭޓް ޕާކެއް ތަރައްގީކުރުމާއި, ދ. ހުޅުދެލީގައި ފުޓްސަލް ދަނޑެއް ތަރައްގީކުރުމުގެ އިތުރުން، ގދ. ތިނަދޫގައި ހޭންޑްބޯލް ކޯޓެއް ތަރައްގީކުރުމުގެ މަސައްކަތެވެ.

- ކޮމެންޓް