ކ. މާލެ
|
22 ސެޕްޓެންބަރ 2022 | ބުރާސްފަތި 08:48
ފަބިއޯ ކަނަވާރޯ: ފޮޓޯ-ބެނެވެންޓޯ
ފަބިއޯ ކަނަވާރޯ: ފޮޓޯ-ބެނެވެންޓޯ
ކަނަވާރޯ ކޯޗިންގއަށް
އިޓަލީގެ ދެވަނަ ޑިވިޝަނުން ފަބިއޯ ކަނަވާރޯގެ ކޯޗިންގ ކެރިއަރު ޔޫރަޕްގައި ފަށައިފި
މީގެކުރިން އޭޝިޔާގައި މަސައްކަތްކުރި

އިޓަލީއާއެކު ވޯލްޑްކަޕް އުފުލާލި ކެޕްޓަން ފަބިއޯ ކަނަވާރޯ, އެޤައުމުގެ ދެވަނަ ޑިވިޝަނުން ޔޫރަޕްގައި ކޯޗިންގ ކެރިއަރު ފަށައިފިއެވެ.

ކޯޗިންގ ކެރިއަރު ފެށުމަށް ހަވާލުވީ ސެރީބީގެ ބެނެވެންޓޯއާއެވެ. 2006 ވަނަ އަހަރު އިޓަލީން ވޯލްޑްކަޕް އުފުލާލީ ކަނަވާރޯގެ ކެޕްޓަންކަމުގެ ދަށުންނެވެ. އޭގެފަހުން އޭނާ ކުޅުން ހުއްޓާލީ 2011 ވަނަ އަހަރުއެވެ. ކުޅުން ހުއްޓާލުމަށްފަހު ކޯޗެއްގެ ގޮތުން އޭޝިޔާގައި މަސައްކަތް ފެށިއެވެ. އެގޮތުން ޗައިނާއާއި ސައުދީއަރަބިޔާގައި ކޯޗިންގ މަސައްކަތްކުރިއެވެ. އަދި 2019 ވަނަ އަހަރު ކުޑަދުވަސްކޮޅަކު ޗައިނާ ޤައުމީ ޓީމްގެ ކޯޗުކަންވެސް ކުރިއެވެ.

މިއީ 2010 ވަނަ އަހަރު ޔުވެންޓަސް ދޫކޮށްލިފަހުން އިޓަލީގެ ފުޓްބޯޅައަށް އެނބުރި އައި ފުރަތަމަ ފަހަރެވެ. ކޯޗެއްގެ ގޮތުން އޭނާ އެންމެ ފަހުން މަސައްކަތްކުރީ އޭޝިޔާގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފައިވާ ގުއަންޒޫ އެފްސީގައެވެ. ބެނެވެންޓޯއަކީ 2020/2021 ވަނަ ސީޒަންގައި ސެރީ އޭއިން ރެލިގޭޓްވި ޓީމެކެވެ. ދެވަނަ ޑިވިޝަންގައިވެސް މިވަގުތު އޮތީ 13 ވަނާގައެވެ.

ކަނަވާރޯއަކީ އެޖެނެރޭޝަންގެ އެންމެ އިތުބާރު ސެންޓަރ ބެކެވެ. 2006 ވަނަ އަހަރު ބެލޮންޑިއޯ އެވޯޑް އުފުލާލީވެސް އޭނާއެވެ. ކެރިއަރުގައި ޕާރމާ, ޔުވެންޓަސް, ރެއާލް މެޑްރިޑް, އަދި އިންޓަރ މިލާނަށް ކުޅުނެވެ.

- ކޮމެންޓް