ކ. މާލެ
|
22 ސެޕްޓެންބަރ 2022 | ބުރާސްފަތި 06:56
އޮސްޓްރޭލިޔާގެ ބީޗްއަކަށް ލައްގާފައި ހުރި ވޭލްތައް
އޮސްޓްރޭލިޔާގެ ބީޗްއަކަށް ލައްގާފައި ހުރި ވޭލްތައް
ބީބީސީ
ސްޕަރމް ވޭލް މަރުވުން
އޮސްޓްރޭލިޔާގެ ބީޗްއަކަށް ގިނަ އަދަދަކަށް ސްޕަރމް ވޭލް ލައްގާތީ އެކަމުގެ ކަންބޮޑުވުން އުފެދިއްޖެ
 
މިފަހަރު 320 ވޭލް ފެނިފައިވާ އިރު 2020 ވަނަ އަހަރުވެސް 380 ވޭލް މަރުވެގެން ލައްގާފައިވޭ

އޮސްޓްރޭލިޔާގެ ޓެސްމޭނިޔާގެ ބީޗްއަކަށް މަރުވެފައިވާ 14 ސްޕަރމް ވޭލް ކިޔާ ވައްތަރުގެ ބިޔަ މަސް ލައްގާފައި ވަނިކޮށް ފެނިގެން ހޯދި ހޯދުމުން މަރުވެގެން ނުވަތަ ބަލިވެފައިވާ އިތުރު 230 ވޭލް ބުދަ ދުވަހު ފެނިއްޖެއެވެ. މީހުން އާންމުކޮން ގޮސް ނޫޅޭ ސަރަހައްދެއްގެ ބީޗް އަކަށް ލައްގާފައިވާ ބިޔަ މަސްތަކުގެ ތެރޭން ދެބައިކުޅައެއްބައި މަސް ފެނުނު އިރުވެސް ދިރި ތިބި ކަމަށް ވެއެވެ. އެހެން ކަމުން މަހާބެހޭ ކަންކަން ދަންނަ ފަރާތްތަކާ އެހެން ވެސް އެހީތެރިން ހިމެނޭ ޓީމް ތައް ވަނީ ޓެސްމޭނިޔާގެ މިހިސާބަށް ފޮނުވާފައެވެ.

ޓެސްމޭނިޔާގެ މިހިސާބަށް މީގެ ދެއަހަރު ކުރިންވެސް ވަނީ ހަމަ މިފަދަ ގިނަ އަދަދެއްގެ ސްޕަރމް ވޭލް މަރުވެގެން ލައްގާފައެވެ. މިގޮތަށް ދިމާވަނީ ކިހިނެއް ވެގެން ކަން ނޭގޭ ކަމަށް މާހިރުން ބުނެއެވެ.

2020 ވަނަ އަހަރު ދިމާވި ހާދިސާގައި ވެސް 380 ވޭލް މަރުވެފައި ވީނަމަވެސް އެހީތެރިންގެ މަސައްކަތުން ސަތޭކައެއްހާ ވޭލް ސަލާމަތް ކުރެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.  

އޮސްޓްރޭލިޔާގައި ވޭލްތައް ލައްގާފައިވާ ބީޗް

ދިރިތިއްބާ ފެނުނު ވޭލްތައް ސަލާމަތް ވޭތޯ މިފަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް ޚަބަރުތައް ބުނެއެވެ. މިގޮތުން އަވިން ސަލާމަތް ކުރުމަށް ރަޖާފަދަ އެއްޗެތި އެޅުމާ އަދި ބާލިދީތަކުގައި ގެނެސް ފެން އަޅަމުން ދިއުންފަދަ ކަންތައް އެމީހުން ދަނީ ކުރަމުންނެވެ. އެހީގެ މަސައްކަތުގައި އުޅުނު ބައެއް މީހުން ބުނެފައިވާ ގޮތުގައި އެފަދަ ބިޔަ މަސްތައް ލޮލުގެ ކުރިމަތީ މަރުވެގެން ދާތަން ފެނުމުން ވަރަށް ހިތަށް އަސަރު ކުރެއެވެ.

ވޭލް އަކީ ދިގުމިނުގައި 18 މީޓަރު އަދި ބަރު ދަނުގައި 45 ޓަނު ހުންނަހާ ބިޔަވާ މަހެކެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް