Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 11:36
މާފަންނު ގެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ތެެރެއިން
މާފަންނު ގެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ތެެރެއިން
ރާއްޖެ އެމްވީ
އަލިފާން ރޯވުން
މާފަންނު ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާނުގެ ހާދިސާ ހިނގީ ގޭސްފުޅިއެއްގައި ރޯވުމުގެ ސަބަބުން

މާފަންނު ބޮނޑުބަތް ޕާކު ކުރިމަތީގައި، މުނިޔާމަގުގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެގްފެ އިން މައުލޫމާތު ދިން ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ. ގުލްޒާވާދީ ގޭގައެވެ. އަދި އެ ހާދިސާ ހިގާފައި ވަނީ ގޭސްފުޅިއެއްގައި ރޯވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ. ނަމަވެސް ބިދޭސީން އުޅޭ އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.

އެގޭގައި ދިރިއުޅޭ ބިދޭސީއަކު ބުނީ އަލިފާން ރޯވާންދިމާވީ، ހެންދުނު 10:30 އެހާކަންހާއިރު، ރޯދަ ވީއްލާ ތަކެތި ތައްޔާރު ކުރުމަށް އެޅުމުގެ ތެރޭގައި ގޭސްފުޅިއެއްގައި ރޯވުމުން ކަމަށެވެ. އޭނާ ބުނީ އެގޭގައި ކައްކާތަން ހުންނަނީ އޭގޭގެ ތަންކޮޅެއް އެތެރޭގައިކަމަށްވާތީ ގޭސްފުޅީގައި އަލިފާން ރޯވުމުން އެ ގޭސްފުޅި މަގުމައްޗަށް ނެރެން އުޅެނިކޮށް ބޭރު ދޮރާހަމައިން ގޭގައި އަލިފާން ރޯވީ ކަމަށެވެ.

އެހެންކަމުން ގޭގައި ތިބި އެންމެންނަށް ގޮވާ އެމީހަކަށް ނިކުމެވުނު ގޮތަކަށް އެގެއިން ނިކުމެފައިވާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ފިލާ ޖަހާފައިވާ ކުޑަދޮރުތައް ހަލާކުކޮށްލައިގެން ބައެއް މީހުން ގެއިން ބޭރަށް ނިކުމެފައިވާއިރު، މަތީ ބުރީގައި އުޅުނު ބައެއް މީހުން އެގޭގެ ފުރާޅުމަތިން ވެސް މަގުމަށްޗަށް ފުއްމާލާފައި ވެއެެވެ.

ހަނި އަދި ދިގުކޮށް ހުރި އެގޭގެ އެތެރެއަށް ހުރި ބައިގައި ޑެކެއް އަޅައި، އިތުރު ބުރިއަކަށް ނަގާފައިވާއިރު، އެގޭގައި މުޅިން ވެސް އުޅެނީ ބަންގްލަދޭސް ރައްޔިތުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެގޭގައި ދިރިއުޅެމުން އަންނަ ބަންގްލަދޭޝް މީހަކު ބުނީ އެގޭގައި 50 ވަރަކަށް މީހުން ދިރިއުޅޭ ކަމަށެވެ. އަދި އެގޭގައި ދިރިއުޅޭ ބިދޭސީންގެ އާއިލާ މީހުންނާއި ރައްޓެހިން ވެސް ވަރަށްގިނައިން އަންނަ ކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން އާންމު ގޮތެއްގައި އެއަށް ވުރެ ގިނަ މީހުން ވެސް އުޅޭ ކަމަށް އޭނާ ބުންޏެވެ.

މީގެ އިިތުރުން އޭނާ ބުނީ އެގޭގައި ދިރިއުޅެނީ އެކި ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މީހުން ކަމަށެވެ.

އެ ބިދޭސީ މިހާ މައުލޫމާތު ދިންގޮތުގައި އެގޭގައި އަލިފާނުގެ މިހާދިސާ ހިނގިއިރު ގާތްގަނޑަކަށް 10 ކޭސް ބިހާއި، 250 ބަސްތާ މުގޫ، 25 ބަސްތާ އަލުވި، 25 ބަސްތާ ފިޔާ، 12 ބަސްތާ ހަނޑޫ، 03 ބަސްތާ ހަކުރު، 10 ބަސްތާ ފުށުގެ އިތުރު ބައެއް އެހެން މުދާ ވެސް އެތަނުގައި ހުންނާނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް