Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 11:13
އައްޑޫ ސިޓީ ކައުންސިލް އިދާރާ
އައްޑޫ ސިޓީ ކައުންސިލް އިދާރާ
ގޫގުލް
އައްޑޫ ސިޓީ ކައުންސިލް
އައްޑޫސިޓީ ހުޅުދޫ-މީދޫގައި ޢިމާރާތްކުރާ 48 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 20 ޖޫން އިން ފެށިގެން 09 އޮގަސްޓް އަށް
މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވޭ

އައްޑޫސިޓީ ހުޅުދޫ-މީދޫގައި ޢިމާރާތްކުރާ 48 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫސިޓީ ހުޅުދޫ-މީދޫ އަވަށުގައި ޢިމާރާތްކުރެވޭ 48 ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް މޭ 31، 2016 ގައި ކުރެވުނު އިޢުލާނާއި ޖެނުއަރީ 18، 2017 ގައި ދެވަނަ ފަހަރަށް ކުރެވުނު އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަށް ފޯމް ހުށަހަޅާފައެއް ނުވެއެވެ.

އެހެން ކަމުން ޖެނުއަރީ 18، 2017 ގައި އިޢުލާންކުރެވުނު އުޞޫލަށް ބައެއް ބަދަލުގެނެސް، ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުމަށް ހައުސިން މިނިސްޓްރީއިން ނިންމާފައިވާ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ފްލެޓަށް އެދޭ ފޯމް 20 ޖޫން އިން ފެށިގެން މިނިސްޓްރީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫ ސިޓީ ހުޅުމީދޫ ސެކްޝަނުން ލިބެން ހުންނާނެއެވެ.

މީގެ އިތުރުން މިނިސްޓްރީގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ. އަދި ފްލެޓަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޖޫން 20، 2017 ން ފެށިގެން އޮގަސްޓް، 09، 2017 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫސިޓީ ހުޅުމީދޫ ސެކްޝަނުން ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް