Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 09:26
ފާރިސް މައުމޫން އަދި އައިމިނަތު ނާދިރާ
ފާރިސް މައުމޫން އަދި އައިމިނަތު ނާދިރާ
އަވަސް
ފާރިސް އަދި ނާދިރާ
ފާރިސް އާއި ނާދިރާ ޕީޕީއެމް އިން ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މިއަދު
ފާރިސްއާއި ނާދިރާ އަށް ވަނީ ހެކި ހުށަހެޅުމުގެ ފުރުސަތު ދީފައި
ފާރިސްއާއި ނާދިރާގެ ފަރާތުން ވަނީ ޝަރީޢަތަށް ބަޔާން ހުށަހަޅާފަ
މިހާތަނަށް އެއްވެސް ޝަރީއަތަކަށް ޕީޕީއެމްގެ ފަރާތުން ހާޒިރެއް ނުވޭ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން އާއި ޕީޕީއެމްގެ އިންތިޚާބީ ރައީސް މައުމޫންގެ ފެކްޝަންގެ ނައިބު އައިމިނަތު ނާދިރާ ޕިޕީއެމްއިން ވަކިކުރުމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އެ ކޯޓުގައި މިއަދަށް ތާވަލް ކޮށްފިއެވެ.

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަސިވިލް ކޯޓުގައި ތާވަލްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 1:30 އަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ އެޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު ބޭއްވި ޝަރީޢަތުގައި މައްސަލަ ބައްލަވާ ގާޒީ ނިންމަވާފައިވަނީ ޕީޕީއެމްގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އަދި އެގޮތަށް ނިންމެވީ ދައުވާ އަށް ޖަވާބްދާރީ ވުމަށް ތަކުރާރުކޮށް ޕީޕީއެމް އަށް ޗިޓް ފޮނުވުމުން ވެސް ކޯޓަށް ހާޒިރުވެފައި ނުވާތީއެވެ.

މި މައްސަލާގައި އެންމެ ފަހުން ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި ފާރިސްއާ ނާދިރާގެ ފަރާތުން ވަނީ ބަޔާން ހުށަހަޅާފައެވެ. އަދި ފަރީސް އާއި ނާދިރާ ޕީޕީއެމް އިން ވަކިކުރި މައްސަލައިގައި ފާރިސް އާއި ނާދިރާގެ ފަރާތުން ހެކި ހުށަހެޅުމުގެ ފުރުސަތު ވެސް ކޯޓުން ވަނީ ދީފައެވެ.

 މިދިޔަ އަހަރުގެ ޖުލައި މަހު ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަކިކުރީ އިއުލާން ކުރުމެއް ނެތި ޓޫރިޒަމްގެ މަސައްކަތްތަކަށް ރާއްޖޭގެ ރަށްތައް ކުއްޔަށް ދޫކުރާ އިސްލާހު ފާސްކުރަން ތްރީ ލައިން ވިޕެއް އެޕާޓީން ނެރެފައި ވަނިކޮށް، އެ ނިންމުމާ ދެކޮޅަށް މަޖިލީހުގައި ވޯޓު ދެއްވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ހާޒިރުވެވަޑައިގެން އިންނަވައި ފާރިސް ވޯޓު ދެއްވީ ބިލް ފާސްކުރަން ނުފެންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް