ކ. މާލެ
|
20 ސެޕްޓެންބަރ 2022 | އަންގާރަ 23:23
މަރުވެގެން ލައްގާފައިވާ ވޭލް ތައް
މަރުވެގެން ލައްގާފައިވާ ވޭލް ތައް
ބީބީސީ
އޮސްޓްރޭލިޔާގައި ވޭލް މަރުވުން
އޮސްޓްރޭލިޔާގެ ގޮނޑުދޮށަކަށް މަރުވެފައިވާ ސްޕަރމް ވޭލް ތަކެއް ލައްގައިފި
 
ޓެސްމޭނިޔާ އަށް މިގޮތަށް ވޭލް މަރުވެގެން ކުރިންވެސް ލައްގާފައިވޭ
 
2020 ވަނަ އަހަރުވެސް ހަމަ ޓެސްމޭނިޔާގައި މިގޮތަށް ތިލަ ހިސާބަކަށް ވަދެވި ބަންދު ވުމާއި ގުޅިގެން 380 ޕައިލެޓް ވޭލް މަރުވެފައިވޭ

އޮސްޓްރޭލިޔާގެ ޓެސްމޭނިޔާގެ ބީޗް އަކަށް މަރުވެފައިވާ 14 ސްޕަރމް ވޭލް ކިޔާ ވައްތަރުގެ ބޮޑު މަސްތަކެއް ލައްގައިފިފިއެވެ.

ޓެސްމެނިޔާގެ ކިންގ އައިލަންޑްގެ ބީޗް އަކަށް ލައްގާފައިވާ ވޭލް ތައް ފެނިފައިވަނީ އެޖަޒީރާގެ ރައްވެހިންގެ ބަޔަކަށެވެ. ވޭލްތައް މަރުވެފައިވަނީ ތިލަ ހިސާބެއްގައި ބަންދުވެގިނަ އިރު ވުމުން ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެފައިވީނަމަވެސް އެހެން ވާން މެދުވެރިވި ސަބަބެއް ނޭގޭ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައި ވެއެވެ.  

ޓެސްމޭނިޔާ ކައިރިން މީގެ ކުރިންވެސް މިފަދަ ބިޔަ ވޭލްތައް އެއްގަމަށް ބީހި މަރުވެފައި އެބަހުއްޓެވެ. މިފަހަރުގެ ހާދިސާގައިވެސް އިތުރު ވޭލްތައް ލައްގާފައި ހުރިތޯ އޭރިއަލް ކޮން ބަލާނެ ކަމަށް އަންގާރަ ދުވަހު އެރަށުގެ ކަމާބެހޭ އިދާރާ ތަކުން ބުނެފައި ވެއެވެ.

2020 ވަނަ އަހަރުވެސް ހަމަ ޓެސްމޭނިޔާގައި މިގޮތަށް ތިލަ ހިސާބަކަށް ވަދެވި ބަންދު ވުމާއި ގުޅިގެން 380 ޕައިލެޓް ވޭލް މަރުވެފައި ވެއެވެ.

ވޭލް އަކީ ދިގުމިނުގައި 18 މީޓަރު އަދި ބަރު ދަނުގައި 45 ޓަނު ހުންނަހާ ބިޔަވާ މަހެކެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
100%
0%
0%
0%
0%
0%
ކޮމެންޓް