Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 06:47
 ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް
 ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް
ވީނިއުސް
ރިޔާޒްގެ ޝަރީއަތް
ލީޑަރުން ހައްޔަރުކުރާވަރަކަށް ޔާމީންގެ މަގުބޫލުކަން ދާނީ ފަނޑުވަމުން، އިދިކޮޅުން ރޭސް ނިންމައިފި: އަމީން
ލީޑަރުން ހައްޔަރުކުރާވަރަކަށް ރައީސް އަބްދުﷲ ޔާމީންއާއިމެދު މީހުން ފޫހިވެ ނުރުހުން ވާނެ: އަމީން
ރައީސް އަބުދުﷲ ޔާމީނަށް ގޮތްހުސްވެއްޖެ: އަމީން

އިދިކޮޅު ސިޔާސީ ލީޑަރުންހައްޔަރު ކުރާވަރަކަށް  ރައީސް  އަބުދުﷲ ޔާމީންގެ މަގުބޫލުކަން ދާނީ ފަނޑުވަމުންކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން އިބްރާހިމް މިހެން ވިދާޅުވީ ދައުލަތުން އެޕާޓީގެ ނާއިބް ލީޑަރު އަބުދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން އެ ދައުވާ އަނބުރާ ނުގެންދަން ނިންމާ ރިޔާޒަށް ދެވަނަ ފުރުސަތު ނުދޭން ޕީޖީ ނިންމި ނިންމުމާއި ގުޅޭގޮތުން ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އަމީން އިބްރާހިމްގެ ޓްވީޓްގައި ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރުންތައް ހައްޔަރުކުރެވިދާނެކަމަށާ ނަމަވެސް ރައީސް އަބުދުﷲ ޔާމީންގެ މަގުބޫލުކަން އެންމެ ޕޮއިންޓެއްވެސް އިތުރުނުވާނެކަމަށެވެ.

އަދި އޭގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމީންއާއިމެދު މީހުން ފޫހިވެ ނުރުހުންވާނީ އިތުރުކަމަށްވެސް އަމީން ވިދާޅުވިއެވެ.

 

އަމީން ކުރައްވާފައިވާ އެހެން ޓްވީޓެއްގައި ވިދާޅުވީ، ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒަށް ހުކުމްކުރަން ތައްޔާރުވުމުން ދޭހަކޮށްދެނީ ރައީސް އަބުދުﷲ ޔާމީނަށް ގޮތްހުސްވެއްޖެކަން ކަމަށެވެ. އަދި މި ރޭސް އިދިކޮޅު ފަރާތްތަކުން ނިންމައިފިކަމަށް އަމީން ވިދާޅުވިއެވެ.



އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުއްވި ކަމުގެ ދައުވާއެވެ. މިދައުވާ އުފުލާފައިވަނީ އޭނާގެ ފޯނުގެ ޕާސްވޯޑް ފުލުހުންނާ ހިއްސާކޮށްފައިނުވާތީ ކަމަށް ބުނެ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުންނެވެ. ނަމަވެސް މި މައްސަލަ ދެވަނަ ފުރުސަތުގެ ދަށުން އަނބުރާ ގެންދިއުމަށް ރިޔާޒު ވަނީ ޕީޖީ އޮފީހުގައި އެދިވަޑައިގެންފައެވެ.

އަބުދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން އެ ދައުވާ އަނބުރާ ނުގެންދަން ނިންމާ ރިޔާޒަށް ދެވަނަ ފުރުސަތު ނުދޭން ޕީޖީ ނިންމާ އެކަން މިހާރު ވަނީ އަބުދުﷲ ރިޔާޒަށް އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް