ކ. މާލެ
|
19 ސެޕްޓެންބަރ 2022 | ހޯމަ 21:14
ކޮވިޑަށް ޓެސްޓުކުރަނީ
ކޮވިޑަށް ޓެސްޓުކުރަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ފާއިތުވި ހަފުތާ ކޮވިޑް-19ށް ޕޮޒިޓިވްވީ 38 މީހުން، އަތޮޅުތަކުން 2 މީހުން
މާލެ ސަރަހައްދުން 15 މީހުން ޕޮޒިޓިވްވި

ފާއިތުވި ހަފުތާ ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ 38 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ހަފުތާ މާލެ ސަރަހައްދުން 15 މީހުން ޕޮޒިޓިވްވެފައިވާއިރު އަތޮޅުތަކުން ޕޮޒިޓިވްވީ 2 މީހުންނެވެ. އެހެނިހެން ހިސާބުތަކުން 21 މީހުން ޕޮޒިޓިވްވެފައިވެއެވެ. މީގެއިތުރުން ފާއިތުވި ހަފުތާ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާފައިވަނީ އެކަކަށެވެ.

އޭގެކުރީ ހަފުތާގައި ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ 42 މީހުންނެވެ.

މިއާއެކު މިހާތަނަށް ކޮވިޑް-19ށް 185،004 މީހުން ޕޮޒިޓިވްވެފައިވާއިރު 308 މީހުން ވަނީ ނިޔާވެފައެވެ.

- ކޮމެންޓް