Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 04:16
ރައީސް މުހައްމަދު ނަޝީދު ނޯވޭގައި
ރައީސް މުހައްމަދު ނަޝީދު ނޯވޭގައި
ޓްވިޓަރ
ރައީސް ނަޝީދު
ޔޫކޭގެ މިސްކިތަކުން ނުކުތް މުސްލިމުންނަށް ދިން ހަމަލާއާމެދު ހިތާމަކުރަން: ރައީސް ނަޝީދު
ފިންސްބަރީގެ މިސްކިތަށް ދިނީ ޓެރަރިސްޓް ހަމަލާއެއް: ރައީސް ނަޝީދު
މިފަދަ ޓެރެރިސްޓް ހަމަލާތައް ބަލައިނުގަނެވޭނެ
މިފަދަ ވިޔާނުދާ އަމަލުތަކާއި ދެކޮޅަށް ތެދުވަން ޖެހޭ

އިނގިރޭސިވިލާތުގެ ފިންސްބަރީގެ މިސްކިތަކުން ނުކުތް މުސްލިމުންތަކަށް ދިން ހަމަލާއާއި މެދު ކަންބޮޑުވެވަޑައިގެން، ހިތާމަކުރައްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހޯމަދުވަހު ކުރައްވާފައިވާ ޓްވީޓެއްގައެވެ. ރައީސް ނަޝީދު ވިދާޅުވީ، ފިންސްބަރީގެ މިސްކިތަށް ދެވުނު ޓެރަރިސްޓް ހަމަލާއާއި މެދު ހިތާމަ ކުރައްވާ ކަމަށާއި، މިފަދަ ޓެރެރިސްޓް ހަމަލާތައް ބަލައިނުގަނެވޭނޭކަމަށެވެ. އަދި މިފަދަ ވިޔާނުދާ ޓެރަރިސްޓް އަމަލުތަކާއި ދެކޮޅަށް ތެދުވަން ޖެހޭކަމަށެވެ.

މިހަމަލާގައި ގެއްލުންވި ފަރާތްތަކަށް ހަމްދަރުދީވެވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ލަންޑަނުގެ އުތުރުގައި ހުންނަ ފިންސްބަރީ ޕާކް މިސްކިތުން ނުކުތް ގިނަ އަދަދެއްގެ މުސްލިމުންގެ ތެރެއަށް ބާރު ސްޕީޑްގައި ވޭނެއް ވަދެފައިވަނީ އާދިއްތަ ދުވަހުގެރޭ މަޣުރިބު ނަމާދަށް ފަހު މިސްކިތުން މީހުން ފޭބި ވަގުތުއެވެ.

ހަމަލާގައި އެކަކު މަރުވެފައިވާއިރު މަދުވެގެން ދިހަ މީހުންވަނީ ޒަހަމް ވެފައެވެ. އެ ހާދިސާއާއި ގުޅިގެން ވޭން ދުއްވަން އިން މީހާ ވަނީ ހައްޔަރުކޮށްފައެވެ.

މިސްކިތަކުން ފޭބި މުސްލިމުންތަކެއްގެ ތެރެއަށް ވަދެ ދިން އެހަމަލާ އިނގިރޭސި ސަރުކާރުގެ އިސް ފަރާތްތަކާއި އަދި ފުލުހުން ސިފަކޮށްފައިވަނީ "ސީދާ ޓެރަރިސްޓް ހަމަލާއެއް"ގެ ގޮތުގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް