Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 22:37
ޙަސަން ލަޠީފް ރައްޔިތުންނާއި ބައްދަލުކުރައްވަނީ
ޙަސަން ލަޠީފް ރައްޔިތުންނާއި ބައްދަލުކުރައްވަނީ
އަބުދުﷲ ނަސީރު އިބްރާހިމް
ހަސަން ލަތީފް
ރައީސް ޔާމީނަކީ ބޮޑު ފިނޑިއެއް: ޙަސަން ލަޠީފް
ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އެމްޑީޕީގެ ސަރުކާރެއްގައި އެ ވަޒީފާއެއް އަނބުރާ ހޯދައިދޭނެ

ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ބޮޑު ފިނޑިއެއް ކަމަށް އެމްޑީޕީގެ ޗެއާޕަރސަން އަލްއުސްތާޛް ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ޙަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނަކީ ބޮޑު ފިނޑިއެއް ކަމަށާ، މި ސަރުކާރުގައި ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އެމްޑީޕީގެ ސަރުކާރެއްގައި އެ ވަޒީފާއެއް އަނބުރާ ހޯދައިދޭނެ ކަމަށެވެ.

ޙަސަން މިގޮތަށް ވިދާޅުވެފައިވާއިރު މި ސަރުކާރު ދައުލަތް ހިންގުމާއި ހަވާލުވިފަހުން، ސިވިލް ސަރވިސް އާއި ސަރުކާރު ކުންފުނިތަކުގެ ވަޒީފާގައި ތިބި އެކި ފަރާތްތައް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި މީގެ ތެރެއިން ގިނަ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ، ވަރަށް ކުއްލި ގޮތަކަށް، ޤަބޫލުކުރަން ދަތި އުޒުރުތަކާއި އެކުއެވެ.

އެގޮތުން ބައެއް މިނިސްޓްރީތަކާއި، ސަރުކާރުގެ އޮފީތަކުގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުންވެސް ވަޒީފާއިން ވަކިކޮށްފައިވާއިރު، އެފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ސަރުކާރާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުމުގެ ސަބަބުން ކަމަށް އެފަރާތްތަކާއި އާންމުންގެ ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް