Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 22:34
އައްޑޫ ރިލީފް ފަންޑަށް ލިބުނު ފާއިސާ ހަވާލުކުުރުމަށް ބޭއްވި ރަސްމިއްޔާތު
އައްޑޫ ރިލީފް ފަންޑަށް ލިބުނު ފާއިސާ ހަވާލުކުުރުމަށް ބޭއްވި ރަސްމިއްޔާތު
ރާއްޖެއެމްވީ
"އައްޑޫ ރިލީފް ފަންޑް"
އައްޑޫ ރިލީފް ފަންޑަށް ލިބުނު ފާއިސާ ހަވާލުކޮށްފި
ޖުމުލަ 50,000 ރުފިޔާ ހަދިޔާ ކުރުމަށް ވަނީ ނިންމާފައި
އައްޑޫ ހިތަދޫގެ 19 އާއިލާއެއް ހާލުގައި ޖެހިފައިވޭ
ފައިސާ މިހާރުވަނީ ސިޓީ ކައުންސިލްގެ އެކައުންޓަށް ޖަމާކޮށްފަ

އައްޑޫ ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީގެ ފަރާތުން ހުޅުވި "އައްޑޫ ރިލީފް ފަންޑް" އަށް ލިބުނު ފާއިސާ ހަވާލުކޮށްފިއެވެ.

މިފާއިސާގެ ރަމްޒީ ޗެކާއި، އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ހަވާލުވެވަޑައިގަތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ.

މިކަމަށްޓަކައި ރާއްޖެޓީވީގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މިފާއިސާއާއި ހަވާލުވެވަޑައިގަތުމަށްފަހު ރޮޒެއިނާ ވިދާޅުވީ ރާއްޖެޓީވީން ކުރަމުންދާ އިޖްތިމާއީ މަސައްކަތަކީ ރައްޔިތުން މިއަދު ބަލައިގަންނަ މަސައްކަތެއް ކަމަށެވެ.  

އައްޑޫއަށް އެރި ނަގޫރޯޅީގައި ގެއްލުންވި ފަރާތްތަކަށް މި ފައިސާ ބެހުމަށް ރާއްޖެޓީވީން ނިންމާފައިވަނީ އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށެވެ. 

17 މޭ 2017 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫއަށް އެޅި ނަގޫރޯޅިއެއް ބޮޑެތި ގެއްލުންތަކެއްވި އާއިލާތަކަށް އެހީވުމަށްޓަކައި ރާއްޖެ ޓީވީ އިން އިސްނަގައިގެން ހުޅުވި "އައްޑޫ ރިލީފް ފަންޑް" އަށް އެކި ފަރާތްތަކުން ޖުމުލަ 29,655 ރުފިޔާ ވަނީ ހަދިޔާކޮށްފައިވެއެވެ.

މި ފަންޑަށް ރާއްޖެ ޓީވީގެ މުވައްޒަފުންގެ ފަރާތުން ޖަމާކުރި، 20,345 ރުފިޔާއާއެކު، އައްޑޫގައި ހާލުގައި ޖެހުނު އާއިލާތަކަށް ހަދިޔާކުރުމަށް ނިންމާފައިވާ ޖުމުލަ 50,000 ރުފިޔާ މިހާރުވަނީ ސިޓީ ކައުންސިލްގެ އެކައުންޓަށް ޖަމާކޮށްފައެވެ.

އަދި މި އެހީ އައްޑޫ ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ނަގޫރޯޅީގައި ގެއްލުން ލިބުނު ފަރާތްތަކަށް ހަވާލުކޮށްދެއްވުން ރާއްޖެޓީވީން ވަނީ އެދިފައެވެ.

 އައްޑޫ އަތޮޅު ހިތަދޫއަށް މިދިޔަ މެއި މަހުގެ ތެރޭގައި ކުރި ވިއްސާރައިގައި އެރި ނަގޫރޯޅި އާއި ގުޅިގެން އައްޑޫ ހިތަދޫގެ 19 އާއިލާއެއް ހާލުގައި ޖެހިފައިވެއެވެ.

މި ނަގޫރޯޅީގެ ސަބަބުން ޖުމްލަ 16 ގެއެއްގެ ފުރާޅު އެއްލާލައި އެކިވަރުގެ ގެއްލުން އެ ގެތަކަށް ވަނީ ލިބިފައެވެ.

މި ހާދިސާ އާއި ގުޅިގެން ދިވެހި ރެޑްކޮރެސެންޓާއި އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ އޮފީހުގެ އިތުރުން އެމްއާރުޑީސީގެ ފަރާތުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް