Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 22:10
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދައިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދައިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
އަޙުމަދު ފާރިސް މައުމޫން
ކޮށްފައިވަނީ ދޮގު ތުހުމަތުތަކެއް، ބިރުދައްކައިގެން މަސައްކަތެއް ނުހުއްޓުވޭނެ: ފާރިސް
ފާރިސްގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ތުހުމަތު
ފާރިސް ވިދާޅުވަނީ ދައުލަތުން ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް
ފާރިސްގެ މައްޗަށް ކުރާ ތުހުމަތުތައް ހާމަކޮށްފައިވަނީ ފުލުހުން ކުރި ޓްވީޓެއްގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދައިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށާ، ބިރުދައްކައިގެން މަސައްކަތް ނުހުއްޓުވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ފާރިސް މިގޮތަށް ވިދާޅުވީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ފާރިސްގެ ބައްޕާފުޅު، މައުމޫން ޢަބްދުލްޤައްޔޫމްގެ ޕަރސަނަލް އެސިސްޓަންޓް، އަޙުމަދު ސޮފްވާން ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އެންގުމުން، ފުލުހުންގެ ޗިޓަށް ހާޒިރު ނުވި މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިކަން ހާމަކޮށް، ފުލުހުން ކުރި ޓްވީތްތަކެއްގައި ފާރިސްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިޝަރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ފުލުހުން ކުރި ޓްވީޓްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން، ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން، މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވިކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މި ކަމާއި ގުޅިގެން ފާރިސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ސަރުކާރުން އެމަނިކުފާނާއި ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކަށް ހަރުއަޑުން ދެކޮޅުހައްދަވާ ކަމަށާ، އެއީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ފާރިސް ވިދާޅުވީ، އިންޒާރުދީ ބިރުދައްކައިގެން، ފާރިސް ކުރައްވަމުން ގެންދަވާ މަސައްކަތް ނުހުއްޓުވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އެކި ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތު ފާރިސްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ މައްޗަށްވެސް ދައުލަތުން ވަނީ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް
5 ޖުލައި 2017 | ބުދަ 00:20
އަލީ
މިނިސްޓަރ ޝައިނީ އަދި ސައީދުއަކީ ސަރުކާރުން ރައްޔަތުންނަށް ދޭންޖެހޭ ހިދުމަތެއް ރާވާ ހިންގަވާ ވަޒީރުން. ކޮން ހައިސިއްޔަތަކުންތޯއޭ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން އޮޅުވާލަނިއްޔޭ ބުނެ ތުހުމަތު އެޅުވޭނީ. މަޖިލީހުގެ މެމްބަރުންނަނީ ޤާނޫން ހެދުމާ އަދި ރައްޔަތުންނަށް ފައިދާ ހުރި ކަންކަން ހިނގާތޯ ޔަޤީންކުރުމަށް ވަޒީންރުންނަށް ރުހުން ދިނުމާއެކު ސުވާލުކުރުމުގެ ހައިސިއްޔަތު ލިބިދީފައިވާ ރައްޔަތުން ތަމްސީލުކުރާ ބޭފުޅުން. ޢ.މ އިލްހާމް ވިޔަސް އަދި ރައީސް މައުމޫން ވިޔަސް އަދި ރެޑް ޢ.މ އޭދަފުށި ދާއިރާ ސަލީމް ވިޔަސް ހަނދުމަފުޅުކޮށްދޭންޖެހޭ އެބަ ކެބިނެޓް މިނިސްޓަރުންގެ ހައިސިއްޔަތަކީ ކޮބައިކަން