Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 22:08
ހައްޖު ގުރޫތަކަށް މާކްސް ދިނުމުގައި އޭސީސީއަށް ވަނީ މައްސަލަ ހުށަހަޅާފައި
ހައްޖު ގުރޫތަކަށް މާކްސް ދިނުމުގައި އޭސީސީއަށް ވަނީ މައްސަލަ ހުށަހަޅާފައި
މެގަމޯލްޑިވްސް
ހައްޖު 1438
އަލުން އެވެލުއޭޓްކުރުމަށް ފަހު ހައްޖަށް ގެންދާ ގްރޫޕްތައް ކަނޑައަޅައިފި
މައްސަލަ ހުށަހެޅީ އަމިއްލަ ފަރާތަކުން
މައްސަލަ ހުށަހެޅީ ގުރޫޕްތައް ކަނޑައެޅިގޮތާމެދު
ހުއްދަ ދީފައި އޮތީ ހަތަރު ކުންފުންޏަށް

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަން ކުންފުނިތަކަށް ހުއްދަ ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކޮށްފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަ އަލުން އިވޭލުއޭޓްކުރުމަށްފަހު ހައްޖު ގުރޫޕްތައް ކަނޑައަޅައިފިއެވެ.

 

ހޯމަ ދުވަހު އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނީ އަލުން އިވެލުއޭޓްކުރުމަށްފަހު ހައްޖު ގުރޫޕްތައް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށެވެ.

 

އެގޮތުން މި ފަހަރު މީހުން ހައްޖަށް ގެންދިޔުމަށް ހުއްދަ ދިނުމަށް ނިންމާފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް އަދި ޒައީ ގްރޫޕަށެވެ.



ބާތިލުކުރި އިއުލާނުގައި ވެސް ހުއްދަ ދީފައި އޮތީ މި ހަތަރު ކުންފުންޏަށެވެ.


ޕްރޮޕޯސަލްތައް އަލުން އިވޭލުއޭޓްކުރުމަށް އޭސީސީއިން އެންގީ، ހައްޖު ގުރޫޕްތަކަށް މާކްސް ދިނުމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭތީ އެވެ.  

 

މިއްލަ ފަރާތަކުން އޭސީސީއަށް މައްސަލަ ހުށަހެޅީ ޕޮއިންޓް ދިނުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

 

މިމައްސަލަ މިގޮތައް ހުށަހަޅާފައިވާއިރު ހައްޖާއި އުމުރާއަށް މީހުން ގެންދާނެ ގުރޫޕްތައް ކަނޑައެޅުމުގައި ނުފޫޒު ފޯރުވާފައިވާނޭ ކަމަށް އަމިއްލައަށް އިއުތިރާފްވާ އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯތަކެއް ވަނީ ލީކުވެފައެވެ.އެއޯޑިއޯގައި އެ އޮފިޝަލް ބޭނުންވާ ގޮތައް ގުރޫޕްތައް ކަނޑައެޅުމުގައި ޢަމަލް ކުރާނެ ކަމަށާއި އޭނާއަށް އެކަމުން މާލީ ފައިދާއެއް ލިބިދާނޭ ފަދަ ގޮތަކަށް އެކަން ކުރަމުންދާކަމަށް ވެސް އެއޯޑިއޯގައި ދައްކަވާ ވާހަކަތަކުން ހާމަވެއެވެ.

 

ހައްޖަށް މީހުން ގެންދަން މި އަހަރު އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނުގެ އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕް، ޒައީ ހައްޖު ގުރޫޕް، ދަރުމަ ލިލް ހައްޖި، އަލް ހަރަމައިން އަދި ކިސްވާ ގުރޫޕަށެވެ. ހައްޖަށް މީހުން ގެންދަން ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގެ ތެރެއިން 50 ޕަސެންޓް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި އަނެއް ފަސް ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންނަކަށް ދިނީ 100 ޖާގަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް