Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 21:18
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާލީ އަލީ ނިޔާޒް
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާލީ އަލީ ނިޔާޒް
ރާއްޖެއެމްވީ
އަލީ ނިޔާޒް
މަޤާމަށް ވުރެން މުހިއްމީ ޕާޓީއަށް ޚިދުމަތްކޮށްދިނުން: ނިޔާޒް
ނިޔާޒް މަޤާމް ކަށަވަރު ކުރުމަށް 10 ޕަސެންޓް ވޯޓު ހޯއްދަވަން ޖެހޭނެ
އެޕާޓީގެ ނައިބު މާލީ ކަމަށް ވަނީ 4 ބޭފުޅަކު ކުރިމަތި ލައްވާފައި
ވޯޓުލުމުގެ ހައްގު ލިބޭނީ 13 ޖޫން ގެ ނިޔަލަށް އެމްޑީޕީގެ މެމްބަރަކަށްވާ ފަރާތްތަކަށް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ލީޑަރޝިޕްގެ މަޤާމަކަށްވުރެ ޕާޓީއަށް ޚިދުމަތްކޮށްދިނުން މާ މުހިއްމު ކަމަށް ދެކެވެޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީކަމަށް ކުރިމަތިލައްވާފައިވާ އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 60 މިނިޓް ޕްރޮގްރާމްގައި ވާހަކަދައްކައްވަމުން ނިޔާޒް ވިދާޅުވި އެމަޤާމަށް އިންތިހާބުވާނެ ކަމަށް ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށާއި އެހެން ނަމަވެސް ޕާޓީގެ ޗެއަރޕާސަންގެ ނައިބް އިދާރީއަކީ މިވަގުތު ހުސްވެފައިވާ މަޤާމަކަށްވެފައި މިމަޤާމްގައި ހުރެ ޕާޓީއަށް ގިނަ ޚިދުމަތްތަކެއް ކުރެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ޕާޓީގެ މެމްބަރުންގެ ފަރާތުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ދެއްވި ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށާއި އަލަށް ކުރިމަތިލާފައިވާ މަޤާމުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ޕާޓީން ބާއްވާ އިންތިހާބުތައް ރާވާ ހިންގުން ކަމަށްވާއިރު 2018ގައި އިންތިހާބަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ކުރަމުންދާ މަސައްކަތްކަށް އެމްޑީޕީން މަސައްކަތްތަކެއް ކުރަމުންދާއިރު ކުރިއަށް އޮތްތަނުގައި މިމަސައްކަތް ފުޅާ ދާއިރާއެއްގައި ކުރާނެ ކަމަށާއި ސެޕްޓެމްބަރ ގައި އޮންނަ ކޮންގްރެސްގައި 2018 ވަނަ އަހަރު ބާއްވާ އިންތިހާބުގައި އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އަދި 2018ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ނަޝީދުގެ ކެނޑިޑަސީ ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒަކީ ކުރިން އެޕާޓީގެ ޗެއަރޕާސަން މާލީގެ މަޤާމްގައި ހުންނެވި ބޭފުޅާއެވެ.

ޗެއަރޕާސަންގެ ނައިބު އިދާރީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ޕާޓީގެ މެމްބަރޝިޕް ކޮމެޓީއާއި ކެމްޕެއިން ކޮމެޓީ ޗެއަރކުރެއްވުން އަދި ޗެއަރޕާސަން ނެތިއްޖެ ހާލަތެއްގައި އެމަޤާމް ފުރުއްވުން ހިމެނެއެވެ. އެމްޑީޕީގެ ކުރިއަށް އޮތް އިންތިޚާބުގައި އެޕަޓީގެ ޗެއަރޕާސަން ނައިބު މާލީ ކަމަށް 4 ބޭފުޅަކު ވަނީ ކުރިމަތި ލައްވާފައިވެއެވެ. އެއީ މ ބަނަފްސާވިލާ އިބްރާހީމް ވަހީދާއި ސ ފޭދޫ ނެސްޕްރޯވިލާ އަހުމަދު އަދުހަމްއާއި ހ އަނދުންގޭ ހުސައިން ޝަހީމް އަދި ހއ ތަކަންދޫ އޯޝަންވޭވް އަހުމަދު ޢަބްދުﷲއެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭނީ 13 ޖޫން ގެ ނިޔަލަށް އެމްޑީޕީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށް ކަމަށް އެމްޑީޕީގެ އިއުލާނުގައި ބުނެފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް