Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2022 | ބުރާސްފަތި 03:34
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ހޯމް މިނިސްޓްރީ
އިމްރާން ރައީސް ޞާލިހު ދިފާއުކުރެއްވުން
ޔާމީން ކިބައިގައި މަޝްވަރާކުރުމުގެ އަޚުލާގެއް ނެތް: އިމްރާން
ރައީސް ޞާލިހުގެ ކިބައިގައި މަޝްވަރާކުރުމުގެ އަޚުލާގު ހުރިވަރާ ގާތަށްވެސް ރައީސް ޔާމީންގެ ކިބައިގައި އެއަޚުލާގު ނެތް
ހެޔޮވެރިކަމެއް ކުރެއްވުމުގެ ސިފަތަކުގެ ތެރެއިން ސިފައެއް ކަމަށްވާ މަޝްވަރާގެ ރިވެތި ސިފަ ލިބިފައިވާ ބޭފުޅެއް ކަމަށް ވިދާޅުވުމުން އެމަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކިބައިގައި މަޝްވަރާކުރުމުގެ ރިވެތި އަޚުލާގެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ލީޑަރު އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިމޭރުމުން ޓްވީޓު ކުރައްވާފައިވަނީ ދާދިފަހުން ލ. ގަމުގައި ބޭއްވި ތިންވަނަ ވިއަވަތި ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަކީ ކީރިތި ޤުރުއާނުގައިވާ ގޮތަށް ހެޔޮވެރިކަމެއް ކުރެއްވުމުގެ ސިފަތަކުގެ ތެރެއިން ސިފައެއް ކަމަށްވާ މަޝްވަރާގެ ރިވެތި ސިފަ ލިބިފައިވާ ބޭފުޅެއް ކަމަށް ވިދާޅުވުމުން އެމަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

Advertisement

އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބައެއް ބޭފުޅުންނަށް ގަބޫލުފުޅުކުރައްވަން ކިތަންމެ ދަތިވިޔަސް ރައީސް ޞާލިހުގެ ކިބައިގައި މަޝްވަރާކުރުމުގެ އަޚުލާގު ހުރިވަރާ ގާތަށްވެސް ރައީސް ޔާމީންގެ ކިބައިގައި އެއަޚުލާގު ނެތްކަމަކީ އެ ދެބޭފުޅުން ރަނގަޅަށް ދެނެވަޑައިގަންނަވާ އެންމެން ދަންނަ ހަގީގަތެއްކަމަށެވެ.

އިމްރާން ރައީސް ޞާލިހަށް ތައުރީފް ކުރައްވާ ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމަނިކުފާނު ކުފުރުވަނީތޯ ބުނެ ފާޑުކިޔާ ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ. އަދި އިމްރާން ރައީސް ޞާލިހަށް ތައުރީފް ކުރައްވަނީ މަގާމުގެ ބޭނުމުގައި ކަމަށްވެސް މިކަމަށް ފާޑުކިޔާ ބައެއް މީހުން ތުހުމަތުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް