ބޮޑެތި މައްސަލަތަކުގައި މަޢުލޫމާތު ނޫސްބަޔާނުން ހާމަކުރުމަކީ ފުލުހުން ފަހަތަށް އެޅި ފިޔަވަޅެއްކަމަށް ކުރީގެ ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވާ ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑެތި މައްސަލަތަކުގައި ނޫސްބަޔާން ނެރުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށާއި ޕްރެސް ބްރީފިންއެއް ދޭން ފުލުހުންނަށް އިލްތިމާސްކުރައްވާކަމަށެވެ.
ރިޔާޒު މިހެން ވިދާޅުވީ އަނިޔާވެރިކޮށް މަރާލާފައިވާ ޔާމީން ރަޝީދުގެ ގާތިލުން ކަމަށްބުނެ، ތިން މީހެއްގެ ފޮޓޯއާއިއެކު ފުލުހުން އާންމު ކޮށްފައިވާ ނޫސްބަޔާނުގެ ޓްވީޓަށް ރައްދު ދެއްވަމުންނެވެ.
Bodethi massalathakuge mauloomaathu noosbayaanun nerumakee fahathah elhifiyavalheh. Press briefing dhehvan fahtavan ilthimaaskuran. https://t.co/kHyIrsEI4C
— Abdulla Riyaz MP (@riyazabdulla) June 19, 2017
ފުލުހުން އާދީއްތަ ދުވަހު އާންމު ކޮށްފައިވާ ނޫސްބަޔާނާއި ގުޅިގެން ޓްވިޓާގައި ބައެއްފަރާތްތަކުން ވަނީ އެއީ މިނިވަން ތަހުގީގެއް ނޫންކަމަށާއި ފުލުހުން އާންމު ކޮށްފައިވާ މީހުންނަކީ ޔާމީން ރަޝީދު މަރާލުމާއި ގުޅުމެއް ނެތް ބައެއްކަމަށް ބުނެ ޓްވީޓު ކޮށްފައެވެ.