Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 16:52
މ. ހިމްމިޔާ / އަޙުމަދު ސޮފްވާން
މ. ހިމްމިޔާ / އަޙުމަދު ސޮފްވާން
ރާއްޖެއެމްވީ
ސޮފްވާން
ސޮފްވާން ފުލުހަށް ހާޒިރުނުވި މައްސަލަ ޕީޖީއަށް ފޮނުވައިފި
ސޮފްވާންގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަން ކުރާ ޕީޕީއެމްގެ އިންތިޚާބީ ރައީސް، މައުމޫން ޢަބްދުލްޤައްޔޫމްގެ ޕަރސަނަލް އެސިސްޓަންޓް، އަޙުމަދު ސޮފްވާން ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އެންގުމުން، ފުލުހުންގެ ޗިޓަށް ހާޒިރު ނުވި މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ކައުންސިލް މެންބަރުކަންވެސް ކުރައްވާ ސޮފްވާންގެ މައްޗަށް ފުލުހުން ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން، ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން، މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، އަމަލީގޮތުން ބައިވެރިވި ކަމުގެ ތުޙުމަތެވެ.

ޗިޓަށް ހާޒިރުނުވި ކަމަށް ނިންމައި، މައްސަލަ ތަހުގީގުކޮށް، ފުލުހުން މި މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު މި ޖޫން މަހުގެ 7 ވަނަ ދުވަހު ފުލުހުން ނެރެފައިޥާ ބަޔާނެއްގައި ބުނެފައިވަނީ، އެދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ފުލުހަށް ހާޒިރުވާން ސޮފްވާނަށް އަންގާކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހާޒިރުނުވެއްޖެނަމަ ޗިޓަށް ހާޒިރު ނުވި މައްސަލައިގައި ސޮފްވާންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ދެފަހަރެއްގެ މަތިން ފުލުހަށް ހާޒިރުވާން އަންގައި ސޮފްވާނަށް ޗިޓުފޮނުވާފައިވާއިރު، ސޮފްވާން މިޙާރު ދިރިއުޅެމުންދަނީ ރާއްޖެއިން ބޭރުގައެވެ.

ހޯމް މިނިސްޓްރީން މި މައްސަލާއާއި ގުޅިގެން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތަހުގީގަށް ފިލައިގެން ސޮފްވާން ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދަނީ ކުރީގެ ރައީސް މައުމޫންގެ އާއިލާގެ އެހީތެރިކަމާއެކު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް