Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 16:20
ނިޔާޒް: މިހާރުވެސް އެމްޑީޕީގެ ޗެއަރޕާސަން އިދާރީ
ނިޔާޒް: މިހާރުވެސް އެމްޑީޕީގެ ޗެއަރޕާސަން އިދާރީ
ރާއްޖެ އެމްވީ
އެމްޑީޕީ
އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ މަގާމަށް އަލީ ނިޔާޒު
އެޕާޓީގެ ނައިބު މާލީ ކަމަށް ވަނީ 4 ބޭފުޅަކު ކުރިމަތި ލައްވާފައި
ނިޔާޒްވެސް މަޤާމް ކަށަވަރު ކުރުމަށް 10 ޕަސެންޓް ވޯޓު ހޯއްދަވަން ޖެހޭނެ

އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީކަމަށް އަލީ ނިޔާޒް ހޮވިއްޖެ އެވެ. 

އެމަޤާމަށް އަލީ ނިޔާޒް އިންތިޚާބުވިކަން ރަސްމީކޮށް ކަށަވަރުވާނީ އެއިންތިޚާބުގައި ވޯޓު ނަގާއިރު މަދުވެގެން 10 ޕަސެންޓް ވޯޓު ލިބުމުންނެވެ. ނަމަވެސް އަލީ ނިޔާޒް އިންތިޚާބުވީ އެމަޤާމަށް ކުރިމަތިލެއްވީ އޭނާ އެކަނިކަމަށް ވުމުންނެވެ.

ނިޔާޒަކީ ކުރިން އެޕާޓީގެ ޗެއަރޕާސަން މާލީގެ މަޤާމްގައިވެސް ހުންނެވިއެވެ. 

ޗެއަރޕާސަން ނައިބު އިދާރީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ޕާޓީގެ މެމްބަރޝިޕް ކޮމެޓީއާއި ކެމްޕެއިން ކޮމެޓީ ޗެއަރކުރެއްވުން އަދި ޗެއަރޕާސަން ނެތިއްޖެ ހާލަތެއްގައި އެމަޤާމް ފުރުން ހިމެނެއެވެ.

އެމްޑީޕީގެ ކުރިއަށް އޮތް އިންތިޚާބުގައި އެޕަޓީގެ ޗެއަރޕާސަން ނައިބު މާލީ ކަމަށް 4 ބޭފުޅަކު ކުރިމަތި ލައްވާފައިވެއެވެ. އެއީ މ ބަނަފްސާވިލާ އިބްރާހީމް ވަހީދާއި ސ ފޭދޫ ނެސްޕްރޯވިލާ އަހުމަދު އަދުހަމްއާއި ހ އަނދުންގޭ ހުސައިން ޝަހީމް އަދި ހއ ތަކަންދޫ އޯޝަންވޭވް އަހުމަދު ޢަބްދުﷲ އެވެ.

މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ 13 ޖޫން ގެ ނިޔަލަށް އެމްޑީޕީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށް ކަމަށް  އެމްޑީޕީގެ އިއުލާނުގައި ބުނެފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް