Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 15:56
އިންޑިޔާއިން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި
އިންޑިޔާއިން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
30 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، 15 މީހުން ހައްޔަރުކޮށްފި
15 މީހުން ވަނީ ހައްޔަރުކޮށްފައި
23 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައި
ޕާޓީ ޑްރަގްސް، ކެނަބިސް، ހެރޮއިން ވަނީ ފެނިފައި

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގި ހަތް އޮޕަރޭޝަނެއްގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 30 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުންގެ އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ސުޒީ ވިދާޅުވީ މި މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝާނާއި ގުޅިގެން ފުލުހުން ހިންގި ފަސް އޮޕަރޭޝަނެއްގައި 23 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

ފުލުހުން މުޅި ޖުމްލަ ހިންގި މި ހަތް އޮަޕަރޭޝަންގައި 15 މީހުން ހައްޔަރުކުރެވިފައިވާ އިރު މީގެ ތެރޭގައި ހިމެނެނީ 13 ފިރިހެނުންނާއި 2 އަންހެނުން ކަމަށް ސުޒީ ވިދާޅުވި އެވެ.

މިތަކެތީގެ ތެރޭގައި 18 ކިލޯ ގްރާމް ކެނަބިސް އަދި 5 ކިލޯގެ ހެރޮއިން ވަނީ އަތުލައިގެންފަ އެވެ.

" މި އޮޕަރޭޝަންތަކުގައި ފާހަގަކުރެވުނު އެއްކަމަކީ، އެއަރ ކާގޯ އިން ބަޔަކު ހަވާލުވެގެން ގެންނަ ބާވަތްތައް. އެކަނި ބޭސްފަރުވާއަށް ބޭރު ގައުމުތަކަށް ދާ އަންހެނުންގެ އިތުބާރު ހޯދާ އެފަދަ ފަރާތްތައް މެދުވެރިކޮށް ތަކެތި ގެނައުމުގެ މަސައްކަތް ކުރަމުންދާ ތަން މިހާރު ފެނިގެންދޭ" ސުޒީ ވިދާޅުވި އެވެ.

އެހެންވެ ގޮތް ނޭނގޭ ތަކެއްޗާ ހަވާލު ނުވުމަށް ސުޒީ ގޮވާލެއްވި އެވެ. 

 

 ކަސްޓަމްސްގެ ޗީފް ސުޕްރިންޓެންޑެންޓް އިސްމާއިލް ހަމްދޫން ވިދާޅުވީ، އެއަރޕޯޓުން އަތުލައިގަންނަ މަސްތުވާތަކެތި އަތުލައިގަންނަ އިރު، ހައްޔަރު ކުރަނީ ހަވާލުވާ މީހުން ކަމަށާއި މިއީ ވަަރަށް ބޮަޑަށް ސަމާލުވާން ޖެހޭ ކަމެއް ކަަމަށެވެ.

" މީހަކު ދިން އެެއްޗެކޭ، މީހަކު ހަވާލު ކުރަން ދިން އެއްޗެކޭ، އެމީހެއްގެ އަތުގައި މިހުންނަނީ. ކޮންމެ ގައުމެއްގަވެސް އެމީހެއްގެ އަތުގައި އެތަކެތި ހުރި ނަމަ އެމީހެއް ވާނީ ވެރިފަރާތައް. ހާއްސަކޮށް ޓްރެވެލިންގް ގަ." ހަމްދޫނު ވިދާޅުވި އެވެ.

ފުލުހުން މި މަހުގެ 13 ވަނަ ދުވަހު މަސްތުވާތަކެތި އަތުލައިގަނެފައިވަނީ، އިންޑިޔާ އިން ރާއްޖެއާއި ދެމީހުންގެ އަތުންނެވެ. އެގޮތުން މަސްތުވާތަކެތި ފެނިފައިވަނީ ކަދުރު ޕެކެޓް ތަކެއްގެ އިތުރުން ޓޮބްލެރޫން ޗޮކްލެޓް ތަކެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން 16 ކަދުރު ޕެކެޓުން 18 ހަޝިސް އޮއިލް ރަބަރު ޕެކެޓް ފެނިފައިވެ އެވެ. އެތަކެތީގައި  ހަތް ކިލޯ ހުރިކަމަށް ފުލުހުން ބުނެ އެވެ. އަދި ހަމަ އެދުވަހު، ފެނުނު ޓޮބްލެރޫން ޗޮކްލެޓްތަކެއްގެ ތެރެއިން 1.2 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށާއި އެ މައްސަލައިގައި 4 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މީގެ އިތުރުން 14 ވަނަ ދުވަހުވެސް ފުލުުހުން ހިންގި ހައްސަ އޮޕަރޭޝަނެއްގައި ހުޅުލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.

އޭގެ ތެރޭގައި 42 ފޮށިގަނޑުން ކެނަބިސް އަދި ހެރޮއިން ވަނީ ފެނިފަ އެވެ. އެގޮތުން 10 ކިލޯ މަސްތުވާތަކެއްޗާއި 4 ކިލޯ ހެރޮއިން ވަނީ ފެނިފަ އެވެ.

ފުލުހުން ބުނީ މި ހިންގިނު 7 އޮޕަރޭޝަނަކީވެސް ފުޅާ ދައިރާގައި ރާއްޖޭއަށް މަސްތުވާތަކެތި އެތެރެކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އެއް ނެޓްވޯކުން އަތުލައިގަނެވުނު ތަކެތިކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
19 ޖޫން 2017 | ހޯމަ 22:30
އަހުމަދު
ސުޒީ، ޕްލީސް އެކްސްޕޯސް ދެމް. އޭރުން ދިވެހިންނަށް އެނގޭނެ މީ ޑްރަގު ވިއްކާ މީހުން ކަން
19 ޖޫން 2017 | ހޯމަ 17:05
ޖަންގަލީ
ތިޔަ ބުނާ ނެޓްވޯރކުގެ ފޮޓޯ ނެއްތަ