Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 13:11
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު--
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު--
ރާއްޖެއެމްވީ
އަބްދުﷲ ރިޔާޒު
ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ރިޔާޒު ގޮވާލައްވައިފި
ހއ. އިހަވަންދޫގައި މީހަކު މަރާލި މައްސަލައިގައި ފުލުހުން މިހާތަނަށް ނެރުނީ ބަޔާނެއް
ޔާމީން ރަޝީދު މަރާލި މައްސަލައިގައިވެސް ނޫސްވެރިންނަށް އެކަށީގެންވާ މައުލޫމާތު ހިއްސާނުކޮށް ނެރުނީ ބަޔާނެއް
މިހާރަކަށްއައިސް މައުލޫމާތު އާއްމު ކުރުމަށް ފުލުހުން ބޭނުންކުރަމުންދަނީ ސޯޝަލް މީޑިއާ

ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ހާމަކުރުމަށް ނޫސްބަޔާން ނެރުމުގެ ބަދަލުގައި ނޫސްވެރިންގެ ބައްދަލުވުން ބާއްވައި މައުލޫމާތު ހިއްސާކުރުމަށް ރައްޔިތުންެގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އިލްތިމާސް ކުރައްވައިފި އެވެ.

ހޯމަ ދުވަހު ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބޮޑެތި މައްސަލަތަކުގެ މައުލޫމާތު އާއްމު ކުރުމަށް ނޫސްބަޔާން ނެރުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ޕްރެސް ބްރީފިންގ ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އާދިއްތަ ދުވަހު ފުލުހުން ވަނީ ހއ. އިހަވަންދޫގައި ލާއިންސާނީ އަނިޔާތަކާއެކު މަރާލާފައި އޮތްވާ ފެނުނު، ޅ. ހިންނަވަރަށް އުފަން އިސްމާއިލް އުމަރު (އިއްސެ) 54، މަރާލި ކަމަށް އެމައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝޮމަން މިއާ (27އ) އިއުތިރާފުވެފައިވާ ކަމަށް ބުނެ ނޫސްބަޔާނެއް ނެރެފަ އެވެ.

މީގެއިތުރުން، ހަމަ އާދިއްތަ ދުވަހުގެ ރޭ ފުލުހުން ވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ ޔާމީން ރަޝީދު އަށް ލާއިންސާނީ އަނިޔާތަކަކާއެކު މަރާލި މައްސަލައާ ގުޅޭ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ. އެބަޔާނުގައި ޔާމީން ރަޝީދު މަރާލުމަށް އަމަލީ ގޮތުން ހަރަކާތެރިވި ތިން މީހެއް މައުލޫމާތާއި ފޮޓޯ ފުލުހުން ވަނީ އާއްމުކޮށްފަ އެވެ.

މިފަހަކަށް އައިސް ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ ބަދަލުގައި މިފަދަ ބޮޑެތި މައްސަލަތަކުގައި ފުލުހުން ނެރެނީ ނޫސްބަޔާނެވެ.

އެހެންކަމުން އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން އާއްމު ރައްޔިތުންނާއި ނޫސްވެރިން އުފައްދާ ސުވާލުތަކަށް ޖަވާބު ލިބުގައި ދަތިތަކާ ކުރިމަތިވަމުން ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް