Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 12:28
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް
ރާއްޖެ އެމްވީ
އައިޖީއެމްއެޗް
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ޖޫން މަހު ހިދުމަތް ދޭން ފެށޭނެ
އައިޖީއެމްއެޗް އިން މިހާރު ދެމުން ގެންދާ ހުރިހާ އައުޓް ޕޭޝަންޓް ޚިދުމަތްތައް އާ އިމާރާތަށް ބަދަލު ކުރެވޭނެ
ސްޕޯޓްސް މެޑިސިންގެ ޚިދުމަތް، ފިޒިއޯތެރެޕީ، ހައިޑްރޯތެރެޕީ ފަދަ ހިދުމަތްތައް ތަޢާރަފް ކުރެވޭނެ
ބެޑް ކެޕޭސިޓީ 500 އަށް އިތުރުވެގެންދާނެ

"ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ" ޤާއިމްކުރުމަށް އައިޖީއެމްއެޗްގެ ހަދާ  25  ބުރީގެ އިމާރާތުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ އިމާރާތުގައި ހިދުމަތް ދޭން ފެށޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ޢިމާރާތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މަޢުލޫމާތު ދެއްވަމުން، އައިޖީއެމްއެޗްގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ، އަޙްމަދު މަޢުސޫމް ވިދާޅުވީ، އިނީޝިއަލް ސްޓޭޖުގެ ޕައިލިންގް ކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވ

މައުސޫމް ވިދާޅުވީ މިހާރު ކުރިއަށް ދަނީ 19 ވަނަ ފަންގި ފިލާގެ ޝީޓް ޕައިލިން ކުރުމުގެ މަސައްކަތްތައް ކަމަށާއި އަދި އެ މަސައްކަތް މިހަފްތާ ތެރޭގައި ނިމިގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ އައިޖީއެމްއެޗްގެ 11 ބުރީގެ އިމާރާތާ ހިލާފަށް މި 25 ބުރީގެ އިމާރާތުގައި ހަތް ލިފްޓް ބެހެއްޓިގެންދާނެ ކަމަށާއި އެ ލިފްޓްތަކުގެ ތެރޭގައި ބަލިމީހުން ގެންދިއުމަށް ހާއްސަ ކުރެވިފައިވާ ލިފްޓްތަކެއް ހުންނާނެ ކަމަށެވެ.

މައުސޫމް ވިދާޅުވީ އިމާރާތުގެ ގުރައުންޑް ފްލޯއިން ފެށިގެން ހަތް ވަނަ ފްލޯއާ ހަމަ އަށް މިހާރު ކުރަމުންދާ މަސައްކަތަކީ ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން މިހާރު އެ ފްލޯތަކުގައި ކުރާ މަސައްކަތްތަކުގެ ތެރޭގައި ކަރަންޓް ވައިރިން އާއި ނެޓްވޯކް ކޭބަލްތައް ވެއްދުމާއި ޕާޓިޝަންތައް ޖެހުން ފަދަ މަސައްކަތްތައް ހިމެނޭ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓާ"  ނިމުމުން އައިޖީއެމްއެޗުން މިހާރު ދެމުން ގެންދާ ހުރިހާ އައުޓް ޕޭޝަންޓް ޚިދުމަތާއި ރާއްޖޭގައި ފަރުވާދިނުމަށް ބޭނުންވާ ބަލިތަކުގެ މުހިންމު ހުރިހާ ތަޙްލީލްތަކެއް ހެދޭނޭ އިންތިޒާމް ޤާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި އިތުރު އާ ހިދުމަތްތައް ވެސް ތަޢާރަފް ކުރެވޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

 "ސްޕޯޓްސް މެޑިސިންގެ ޚިދުމަތް އެބަ ތަޢާފަރުވޭ. އަޅުގަނޑުމެންގެ ފިޒިއޯތެރެޕީ ހައިދްރޯތެރެޕީ މިކަހަލަ އަދި އިތުރު ޚިދުމަތްތަކެއް އައި.ޖީ.އެމް.އެޗްއަށް ތަޢާރަފުކުރާނެ. ހަމައެއާއެކު އަޅުގަނޑުމެންގެ ބެޑް ކެޕޭސިޓީ 500 އަށް އިތުރުވެގެންދާނެ. އަޅުގަނޑުމެންގެ ރޭޑިއޮލޮޖީގެ ޚިދުމަތް ވެސް އިތުރަށް ފުޅާވެގެންދާނެ. އެހެންވީމަ ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް ނިމުނީމަ، ޚިދުމަތް ހޯދަން އަންނަ ބަލިމީހުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދޭ" މަޢުސޫމް ވިދާޅުވިއެވެ.

ޝަނަލް ޑައިގްނޯސްޓިކް ޢިމާރާތުގައި ޗައިލްޑް ކެއަރ ސެންޓަރަކާއި، ޖިމާއި، ރިހެބިލިޓޭޝަން ސުއިޓެއް ވެސް ހިމެނެއެވެ. އަދި ހައިޑްރޯ ތެރަޕީ ސުއިޓެއްގެ ގޮތުގައި ބޭނުންކުރާނެ ސްވިމިންގޕޫ ލްވެސް ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ 25 ބުރީގެ މި ޢިމާރާތުގެ މަސައްކަތް 2018 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ނިންމައި، އެތަނުގެ ޚިދުމަތް ޢާއްމުންނަށް ދެއްވަން ފެއްޓެވުމެވެ.

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް