Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 12:19
މާރުކޭޓުގައި މިރުސް ވިއްކުމަށް ބެހެއްޓިފައި
މާރުކޭޓުގައި މިރުސް ވިއްކުމަށް ބެހެއްޓިފައި
މުހައްމަދު ޝަރުހާން
ރަމަޟާން 1438
މާރުކޭޓުގައި އެންމެ ޑިމާންޑް ބޮޑީ، ފަނިގިރާ ސާމާނަށް
ކަރާ ކިލޯއެއްގެ އަގު 45ރ. ވަނީ އަރާފަ
އަލަނާސި ގަނޑެއް އުޅެނީ 45ރ. އަށް
ޕެޝަން ފްރުޓް އުޅެނީ، 50ރ. އާއި 60ރ. އާ ދެމެދުގެ އަގުތަކެއްގައި

މާރުކޭޓުގައި އެންމެ ގިނައިން މީހުން ގަންނަނީ، ފަނިގިރުމަށް ބޭނުންކުރާ ސާމާނު ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުުނެފި އެވެ.

ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ، މިދުވަސް ވަރު އެންމެ ގިނައިން މާރުކޭޓުގައި ޑިމާންޑް އޮންނަނީ، ފަނިގިރުމަށް ބޭނުންކުރާ ސާމާނު ކަމަށާއި އެހެން ކަމުން، އެތަކެތީގެ އަގުތަކައް ވެސް އުޅެނީ މަތީގައި ކަމަށެވެ.

އެގޮތުން ކަރާ އާއި، އަނބާއި، ޕެޝަންފްރުޓާއި، އަލަނާސި، ފޭރު ފަދަ ބާވަތްތައް އަންނަނީ ވިއްކަމުންނެވެ.

މިތަކެތީގެ އަގުތަކަށް ބަލާ އިރު  އަލަނާސި ގަނޑެއް އުޅެނީ 45ރ. އަށެވެ. ޕެޝަން ފްރުޓް 50ރ. އާއި 60ރ އާ ދެމެދުގެ އަގުތަކެއްގައި އުޅޭ އިރު އަނބު ކިލޯއެއް އުޅެނީ 60ރ. އަށެވެ. މީގެ އިތުރުން ބައެއް ފަރާތްތަކުން، ފަސް އަނބު 100ރ. ގެ ރޭޓުން ވެސް އަންނަނީ ވިއްކަމުންނެވެ. މާރުކޭޓުގައި ރާއްޖޭގެ އަނބު މަދުން ލިބެން ހުރި އިރު އަނބު ގެންނަނީ ފުވައްމުލަކުންނެވެ.

މީގެ އިތުރުން މާރުކޭޓުގައި ކުުރުނބާ ލިބެން ހުރީ 20ރ. އާއި 30ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ފޭރު ކިލޯއެއް 60ރ. އަށް ލިބެން ހުރި އިރު، އަންނާރު ކިލޯއެއް އުޅެނީ 70ރ. އަށެވެ. ކަރާ ކިލޯއެއް އުޅެނީ 30ރ. އާއި 45ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ކަރާގެ އަގު ކުރިއަށް އޮތްތަނުގައިވެސް އުފުލޭނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.

މީގެ އިތުރުން ފަތުގެ ބާވަތްތަކުގެ އަގުތަކަށް ބަލާއިރު، ކޮޕީފަތުގެ ތިން ފަތް ބޮޑިއެއް އުޅެނީ 20ރ. އަށެވެ. ލެޓިއުސް ކިލޯއެއް އުޅެނީ 100ރ. އަށެވެ. ލެޓިއުސް ކިލޯއެއް ކުރިން އުޅެނީ، 150ރ. އަށެވެ. ކުންޅަފިލާ ފަތް ބޮޑިއެއް އުޅެނީ، 25ރ. އަށެވެ.

މާރުކޭޓުގައި މިރުހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ގޮސްފައިވާ އިރު މިރުހުގެ 100 ގްރާމު ލިބެން ހުރީ 15ރ. އަށެވެ. އަދި މިރުސް ކިލޯއެއް ލިބެން ހުރީ 100ރ. އަށެވެ. މިރުސް ކިލޯއެއްގެ އަގު ރަމަޟާން މަސް ފެށުނު އިރު ހުރީ 900ރ. އާއި 800ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މާރުކޭޓުގައި އެންމެ ގިނައިން ލިބެން ހުރީ ތ. ކަނޑޫދޫ މިރުހެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް