ކ. މާލެ
|
8 ސެޕްޓެންބަރ 2022 | ބުރާސްފަތި 07:36
ލަނޑަށްފަހު ބަޔާންގެ ކުޅުންތެރިން
ލަނޑަށްފަހު ބަޔާންގެ ކުޅުންތެރިން
ޔުއެފާ
ޔުއެފާ ޗެމްޕިއަންސްލީގު
އިންޓަރ މިލާން ބަލިކޮށް ބަޔާންގެ ފެށުން ރަނގަޅު
 
ގްރޫޕްގެ އެއްވަނާގައި އޮތީ ބާސެލޯނާ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީގެ އިންޓަރ މިލާން ބަލިކޮށް, ޖަރުމަނުގެ ބަޔާން މިއުނިކުން ރަނގަޅު ފެށުމެއް ހޯދައިފިއެވެ.

އިންޓަރ މިލާންގެ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗު ބަޔާން މިއުނިކުން ކާމިޔާބުކުރީ 2-0 ނެވެ. މެޗުގައި ބަޔާންއަށް ފުރަތަމަ ލަނޑު ޖަހާ ކުރު ހޯދައިދިނީ ސާނޭއެވެ. 25 ވަނަ މިނެޓުގައި އޭނާ ލަނޑު ޖެހީ ކިމިޗް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ދެވަނަ ހާފްގައި ބަޔާންއަށް ލީޑެއް ލިބުނީ އިންޓަރ މިލާންގެ ޑެނީލޯ އެމްބްރޯސިއޯ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ދެ ލަނޑުގެ އިތުރުންވެސް ބަޔާންއިން ވަނީ މެޗު ކޮންޓްރޯލްކޮށް ގިނަ އެޓޭކްތަކެއް ކޮށްފައެވެ. އެގޮތުން ބަޔާނުން އުފެއްދި 21 ހަމަލާގެ ތެރެއިން 11 އެޓޭކް ގޯލާ ހަމާޒުކުރިއެވެ. ފަރަޤު އިތުރަށް ބޮޑުނުވުމުގައި އިންޓަރ މިލާންގެ ކީޕަރު އޮނާނާ މުހިއްމު ދައުރެއް އަދާކުރިއެވެ. އޭނާ ވަނީ މާނޭ ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ.

މިގްރޫޕްގެ އެއްވަނާގައި އޮތީ 5-1 ން ވިކްޓްރޯރިއާ ޕްލެޒެން ބަލިކުރީ ބާސެލޯނާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް