ލިވަޕޫލްގެ ޗެމްޕިއަންސްލީގުގެ ފެށުން ނަޕޯލީން ހަރާބުކޮށްލައިފިއެވެ. އިޓަލީގެ ނަޕޯލީން ލިވަޕޫލްގެ ފެށުން ގޯސްކޮށްލީ 4-1 ން ބަލިކޮށްގެންނެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗުގެ ފުރަތަމަ ހާފްގެ ފަސްވަނަ މިނެޓުގައި އެޓީމުން ލީޑް ނެގީ ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކުރީ ޒިއެލެންސްކީއެވެ. 31 ވަނަ މިނެޓުގައި ދެވަނަ ލަނޑެއް ޖަހާ ނަޕޯލީން ފުރަތަމަ ހާފް ނިންމާލީ އިތުބާރާއެކުއެވެ, ދެވަނަ ގޯލް ޖެހީ ޒަމްބޯ އަންގުއިސާއެވެ. އަދި ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ސިމެއޯން ތިންވަނަ ލަނޑެއް ޖަހާ ލިވަޕޫލް ހިމޭންކޮށްލިއެވެ. އޭނާ ކުޅެން ނުކުތީ ބަދަލަކަށެވެ. އެއީ ވިކްޓަރ އޮސިމްހެންއަށް އަނިޔާވެ ގެންނަން ޖެހުނު މަޖުބޫރު ބަދަލެކެވެ. ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓުގައި ޒިއެލެންސްކީ އޭނާގެ ދެވަނަ ލަނޑު ޖަހާ މެޗުން މޮޅުވުމުގެ ހިތްހަމަ ޖެހުން ހޯދިއެވެ. ލިވަޕޫލްގެ ހަމައެކަނި ލަނޑު 49 ވަނަ މިނެޓުގައި ޖެހީ ލުއިސް ޑިއާޒްއެވެ.
މިގްރޫޕްގެ އަޔެކްސް ވަނީ ފުރަަތަމަ މެޗުގައި 4-0 ން ރޭންޖަރސް ބަލިކޮށް ގްރޫޕް އޭގެ އެއްވަނާގައެވެ.