Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 11:53
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން
ގޫގުލް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް: 53 ދުވަހުގެ ޗުއްޓީއަކަށްފަހު، ބޭއްވީ ހަ ޖަލްސާ، އަނެއްކާވެސް ޗުއްޓީއަށް!
މިއަހަރުގެ ފުރަތަމަ ދައުރުގެ ވަކި ހިސާބަކުން މަޖިލިސް ޗުއްޓީއަށް
މިއަހަރުގެ ދެވަަނަ ދައުރުގައި އެންމެ ހަ ޖަލްސާ ބޭއްވުމަށްފަހު އަނެއްކާވެސް ޗުއްޓީއަށް
ޗުއްޓީއަށް ދާކަމެއް ވެސް އިއުލާނެއް ނުކުރޭ

ރައްޔިތުންގެ މަޖިލިސް ނުރަސްމީ ޗުއްޓީއަކަށް ގޮސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ މި ރަމަޟާން މަސް ނިމުމާއެކު އަންނަ ފިތުރު އީދަށް ބަންދުވާ ދުވަސްތަކަށްފަހު އެވެ.

އެހެންކަމުން ދެން މަޖިލީހުގެ ޖަލްސާއެއް އެންމެ އަވަހަށް ބޭއްވޭނީ އަންނަ ޖުލައި މަހުގެ ތިނެއް ވާ ހޯމަ ދުވަހު އެވެ.

މަޖިލީހުގެ އެންމެފަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ދެން މަޖިލިސް ޖަލްސާއެއް ބޭއްވޭނެ ދުވަހެއް އިއުލާން ކުރައްވާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީންއާއްމު އަހުމަދު މުހައްމަދު ހޯމަ ދުވަހު "ރާއްޖެއެމްވީ" އަށް ވިދާޅުވީ އެނގިވަޑައިގެންފައިވަނީ މިއަދު (ހޯމަ ދުވަހު) ޖަލްސާއެއް ނެތްކަން ކަމަށެވެ. މަޖިލީސް ޗުއްޓީއަށް ދިޔަކަމާއި ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ވަކި ދުވަހެއް ދަންނަވަން ނޭނގޭ ކަމަށް އަހުމަދު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭގެ ފަހުން ހަ ޖަލްސާ ބޭއްވުމަށްފަހު އަނެއްކާ ވެސް ޗުއްޓީއަކަށް ދިޔައިރު، މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށީވެސް ފުރަތަމަ ދައުރުގެ ޖަލްސާތައް މެދުކަނޑާލުމަށްފަހު، 53 ދުވަހުގެ ދިގު ޗުއްޓީއަކަށް ފަހުގައެވެ.

ރައްޔިތުންެގެ މަޖިލީހަށާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާމެދު އިދިކޮޅު ސިޔާސީ ފަރާތްތަކުން ނުރުހުމުގެ ބަސްތައްވެސް ދަނީ އަމާޒުވަމުންނެވެ. އަދި މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައެއް ފެންމަތި ވެފައިވާއިރު، ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުންވެސް މަސީހަށް އިތުބާރު ނުކުރައްވާކަމުގެ އަޑުތައްވެސް ވަނީ ފެތުރިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް