ހުޅުމާލެ ގެސްޓްހައުސް އެއްގައި މަސްތުގެ ހާލަތުގައި ތިބި ކަމުގެ ތުހުމަތުގައި ދެ ފަލުހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވ
އެނގިފައިވާ ގޮތުގައި ހުޅުމާލޭ ގެސްޓް ހައުސްއެއްގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ އަންހެން ފުލުހަކާއި ފިރިހެން ފުލުހެކެވެ. މި ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައިކަން ވަނީ ޔަގީންވެފައެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅިނަމަވެސް ފޯނަށް ޖަވާބް ނުދެއްވާތީ ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. ނަމަވެސް ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައި ވަނީ އެކަމާ ގުޅޭ މައުލޫމާތު އަދި ހާމަކުރެވެން ނެތް ކަމަށެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި އެ ފުލުހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ ފުލުހުންނެވެ. އެ ދެ މީހުންގެ ބަންދަށް ގޮތެއް ނިންމުނަށް ހުކުރު ދުވަހު މެންދުރު ފަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ފަސް ދުވަސް ބަންދެން ބަންދު ކުރުމަށް މުއްދަތު ޖެހި އެވެ.