Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 00:39
ފްލައިމީގެ ފްލައިޓެއް
ފްލައިމީގެ ފްލައިޓެއް
ގޫގުލް
ފްލައިމީ
ފްލައިމީ އަށް އައްޑު އާއި ފުވައްމުލަކަށް އުދުހުމުގެ ހުއްދައެއް ނުދިން!
ފްލައިމީން އައްޑު އާއި ފުވައްމުލަކަށް ދަތުރުތައް ފެށުމަށް ރާވާފައި އޮތީ ޖޫން 15 ގައި

ވިލާ ކޮމްޕެނީގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެއާލައިން، ފްލައިމީން އައްޑު އާއި ފުވައްމުލަކަށް އުދުހުމުގެ ހުއްދަ ސިވިލް އޭވިއޭޝަން އޮތޯރިޓީ ހިފަހައްޓާފައިވާކަން ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެއެވެ.

މިކަމާ ގުޅޭ ގޮތުން ސިވިލް އޭވިއޭޝަނުން އެއްވެސް ވާހަކައެއް ހާމަކޮށްފައި ނެތްއިރު، ފްލައިމީން ވެސް ރަސްމީކޮށް ބަހެއް ނުބުނެއެވެ.

ދެ އަހަރަށް ފަހު ފްލައިމީގެ ދަތުރުތައް އައްޑު އާއި ފުވައްމުލަކަށް މި މަހުގެ 15 ގައި ފެށުމަށް ދިޔައީ ތައްޔާރުވަމުންނެވެ. ނަމަވެސް ދަތުރުތައް ނުފެށުނީ ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ސިވިލް އޭވިއޭޝަނުން ހަދައިދޭންޖެހޭ ސްޓޭޝަން ފެސިލިޓީ އިންސްޕެކްޝަން ހަދައި ނުދީ ދިގު ދަންމަމުންދާތީއެވެ.

މި އިންސްޕެކްޝަން ނުހަދައި، އެއްވެސް އެއާޕޯޓަކުން އެއާލައިނަށް ޖާގައެއް ނުދޭނެއެވެ.

އައްޑޫއާއި ފުވައްމުލަކުއަކީ ކުރިންވެސް ފްލައިމީން ދަތުރުތައް ބާއްވާފައިވާ ދެ މަންޒިލެވެ. އެހެންވެ، ދަތުރުތައް ފެށުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ، އޮފީސް ގާއިމު ކުރުމުގެ މަސައްކަތް ހަލުއިކޮށް ކުރިއަށްދާ ކަމަށް ފްލައިމީން ވަނީ ކުރިން ބުނެފައެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަކަށް ފްލައިމީގެ ދަތުރުތައް ފަށާއިރު، ކުރިން އިއުލާނުކޮށްފައިވާ ގޮތުގައި ވަންވޭ ޓިކެޓެއްގެ އަގަކީ 888ރ. އެވެ.

ގާސިމްގެ ފްލައިމީ އައްޑު އާއި ފުވައްމުލަކަށް ދަތުރުތައް ފެށުމުގެ ހުއްދަ ނުދީ ހިފަހައްޓާފައިވާއިރު، މި ފަހަކަށް އައިސް ގާސިމް އަންނަނީ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
19 ޖޫން 2017 | ހޯމަ 12:57
ފަލަާހު
ދޮގު ހެދިޔަސް ބޮޑުވަރު
19 ޖޫން 2017 | ހޯމަ 09:33
ނަސް އައްޑޫ
އަނިޔާ ތިދެވެނީ ގާސިމައް އެކަންޏެއްނޫން