ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 11:25
ބުލް، ނަރސް އަދި ގްރޭ ހެމަރހެޑް – މި 3 ބާވަތުގެ މިޔަރުގައި ޓްރެކިންގް ޑިވައިސް ހަރުކޮށް، ކުދި ޓްރާންސްމީޓަރުތަކެއްގެ އެހީގައި އަލްޓްރާސައުންޑު މައުލޫމާތު އެއްކުރި
މިޔަރުތައް މޫދުގެ އައްސޭރިފަށުން ދަތުރުކުރުން
މޫދުގައި ފަތާހަދާއިރު، މިޔަރު އުޅެނީ ހީކުރި ވަރަށް ވުރެ ގާތުގައި ކަން އެނގޭތަ؟
 
ދިރާސާ ޓީމުން ވަނީ ޕެސިވް އެކޫސްޓިކް ޓެލެމެޓްރީ ބޭނުން ކޮށްގެން، މިޔަރުތަކުގެ ހަރަކާތްތައް އެތައް އަހަރެއް ވަންދެން މޮނީޓަރުކޮށްފައި
 
މައުލޫމާތު ޖަމާ ކުރަމުން ދިޔައީ ފެނުއަޑީގައި ގާއިމު ކުރި ސްޓޭޝަންތަކެއް މެދުވެރިކޮށް، އެ ސްޓޭޝަންތަކާ މަދު ސަތޭކައެއްހާ ފޫޓަށް މިޔަރު ކައިރިވުމުން މައުލޫމާތު އެއްކުރަން ފަށާ
 
ހޯދުންތަކުގެ ނަތީޖާއާ މެދު، ފަތާ މީހުން ކަންބޮޑުވާން ނުޖެހޭ ކަމަށް ވަނީ ބުނެފައި

ތަރައްޤީވެފައިވާ ސަރަހައްދުތަކުގައި މޫދަށް އެރި އުޅޭ މީހުން އެކަން ކުރަމުން ދަނީ، ހީ ނުކުރާހާ ގާތުގައި މިޔަރުތައް އުޅޭކަން ނޭނގޭ ހާލުގައި ކަމަށް، ޔުނިވަރސިޓީ އޮފް މައޭމީގެ ތަޖުރިބާކާރުންގެ ޓީމަކުން ދާދި ފަހުން ކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.

ޔުނިވަރސިޓީ އޮފް މައޭމީގެ ތަޖުރިބާކާރުންގެ ޓީމުން ވަނީ، ފްލޮރިޑާގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދުގައި މިޔަރުގެ ހަރަކާތްތައް ހުރި ނެތް ގޮތް ވަރަށް ގާތުން ބަލާ، ދިރާސާކޮށްފައެވެ. ދިރާސާގެ އިސް މުސައްނިފު، އަދި ޔުނިވަރސިޓީ އޮފް މައޭމީގެ ޑައިރެކްޓަރ އޮފް ޝަރކް ރިސަރޗް އެންޑް ކޮންޒަރވޭޝަން، ނީލް ހެމަރޝްލަގް ވިދާޅުވި ގޮތުގައި ދިރާސާގެ މައިގަނޑު ބޭނުމަށްކަށް ވީ، ތަރައްޤީއާއެކު ތަޣައްޔަރުވެފައިވާ ސަރަހައްދުތަކާ މިޔަރު ދުރުހެލިވޭތޯ ބެލުން ކަމަށެވެ.

އަހަރަމެން އަސްލު މަސައްކަތް ކުރީ ބޯޓުފަހަރާއި، މީހުންގެ އުނދަގުލާ ހެދި ތަޣައްޔަރު ވެފައިވާ ތަރައްޤީ ސިޓީތަކާ ގުޅިފައި ވާ ކަނޑުގެ ސަރަހައްދަށް ނާރާ މިޔަރު އުޅޭތޯ ބަލާ، ޓްރެކް ކުރުން. އަހަރަމެން އަސްލުވެސް ހީކުރީ މިޔަރުތައް މި ސަރަހައްދަށް ނާރާނެ ކަމަށް. އެއީ ސާރިދޯޅާއި ވުލްފް ކަހަލަ މިނިކާ މިސިންގާ ޖަނަވާރުތަކަކީ މި ކަހަލަ ސިޓީތަކާ ވަރަށް ދުރުގަ އުޅެން ބޭނުންވާ ޖަނަވާރުތަކަކަށް ވީމަ. އެކަމަކު، މިޔަރުގެ ކަންތައް މިއޮތީ އެހެނެއް ނޫން. މިޔަރު މިއުޅޭނީ ތަރައްޤީ ވެފައި އޮތް ސިޓީގެ ފެނުގެ ސަރަހައްދާ ވަރަށް ކައިރީގަ.
ނީލް ހެމަރޝްލަގް؛ ޔުނިވަރސިޓީ އޮފް މައޭމީ

ދިރާސާ ޓީމުން ވަނީ ޕެސިވް އެކޫސްޓިކް ޓެލެމެޓްރީ ބޭނުން ކޮށްގެން، މިޔަރުތަކުގެ ހަރަކާތްތައް އެތައް އަހަރެއް ވަންދެން މޮނިޓަރ ކޮށްފައެވެ. އެގޮތުން ބުލް، ނަރސް އަދި ގްރޭ ހެމަރހެޑް – މި 3 ބާވަތުގެ މިޔަރުގައި ޓްރެކިންގް ޑިވައިސް ހަރުކޮށް، ކުދި ޓްރާންސްމީޓަރުތަކެއްގެ އެހީގައި އަލްޓްރާސައުންޑު މައުލޫމާތު އެއްކުރިއެވެ. އެ އަޑުތައް އަހާ، މައުލޫމާތު ޖަމާ ކުރަމުން ދިޔައީ ފެނުއަޑީގައި ގާއިމު ކުރި ސްޓޭޝަންތަކެއް މެދުވެރިކޮށެވެ. އެ ސްޓޭޝަންތަކާ މަދު ސަތޭކައެއްހާ ފޫޓަށް މިޔަރު ކައިރިވުމުން މައުލުމާތު އެއްކުރަން ފަށައެވެ. އަދި މިޔަރަށް ދީފައިވާ އައިޑީއާއި، ވަގުތާއި ތާރީޚުވެސް ލޮގް ކުރެއެވެ.

ހެމަރޝްލަގް ވިދާޅުވީ، ހޯދުންތަކުގެ ނަތީޖާއާ މެދު، ފަތާ މީހުން ކަންބޮޑުވާން ނުޖެހޭ ކަމަށެވެ.

މި މިޔަރުތައް އައްސޭރިފަށުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔައީ އޭގެ ޒާތުގަ. އެ ސަރަހައްދުގަ މީހުންވެސް މޫދަށް އެރި މި އުޅުނީ. މޫދަށް އެރި އުޅޭ މީހުން ކުޑަކޮށް ހާސް ވެދާނެ. އެކަމަކު، އަހަރެންނަށް ފެންނަ ގޮތުގައި، މިޔަރު ނޫޅޭ މީހުންގެ ގައިގަ ދަތް އަޅާ ހިތަކުން. މިޔަރަކީ އިންސާނުން އުޅޭކަން ޙަޖަމް ކުރާ އެއްޗެކޭ ބުނެވޭނީ. މިޔަރު ބަލަނީ ވެގެން ވިއްޔާ އިންސާނަކާ ނުބެހި އުޅެވޭތޯ.
ނީލް ހެމަރޝްލަގް؛ ޔުނިވަރސިޓީ އޮފް މައޭމީ

ތަރައްޤީ ވެފައިވާ ސިޓީތަކާ ގުޅިފައިވާ ސަރަހައްދުތަކަކީ އަޑާއި އަލި ވައިގެ ތަޣައްޔަރުކަން މަތީ މިންވަރަކަށް ހުންނަ ސަރަހައްދަކަށް ވީ ނަމަވެސް، އެ ސަރަހައްދުތައް ދޫކޮށް މިޔަރުތައް ނުދަނީ ކީއްވެކަން ކަނޑައެޅިގެން ސާފު ނުވާ ކަމަށް ހެމަރޝްލަގް ވިދާޅުވިއެވެ.

ދުރު ނުސާފު ވަގުތުތަކާއި ފެނުން ދަށް ގަޑިތަކުގައި މޫދަށް އެރި އުޅުމާ ދުރުހެލިވެލުމަށްވެސް އޭނާ ވަނީ އިރުޝާދު ދެއްވާފައެވެ. ނަމަވެސް، ޙަޤީޤީ ނުރައްކާ އަދިވެސް އޮތީ މިޔަރުތަކަށް ކަމަށްވެސް ހެމަރޝްލަގް ވަނީ ފާހަގަ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
10%
10%
20%
30%
30%
0%
ކޮމެންޓް
3 ސެޕްޓެންބަރ 2022 | ހޮނިހިރު 09:16
ކަނޑުރަސްގެފާނު
މިޔަރުވެސް ބޭނުންވަނީ ތަރައްޤީވެފައިވާ ސިޓީއެއްގައި ދިރިއުޅެން.. ބޭނުންވަނީ ވެސް ސަބްމެރިންގައި ދަތުރުކުރަން.. އެހާވެސް ހިތްމޮޅުވެއްޖެ..