Advertisement
ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 13:59
އިއްސެ
އިއްސެ
ރާއްޖެއެމްވީ
އިހަވަންދޫގައި މީހަކު މަރާލުން
އިއްސެ މަރާލި ކަމަށް ބިދޭސީ މީހާ އެއްބަސްވެއްޖެ
އިއްސެ މަރާލާފައި އޮއްވާ ފެނުނީ ހުކުރު ދުވަހު ހަވީރު
ހައްޔަރުކުރީ ފަސް ބިދޭސީން
އިއްސެއަށް ހަމަލާދިން ވަޅި ވަނީ ހޯދާފައި

ހުކުރު ދުވަހުގެ ހަވީރު ހއ. އިހަވަންދޫ މަސް ޕްލާންޓްގައި ޒަޚަމްތަކާއެކު މަރަލާފައި އޮއްވާ ފެނިފައިވާ ޅ. ހިންނަވަރަށް އުފަން އިސްމާއިލް އުމަރު (އިއްސެ) 54، ގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ބިދޭސީ މީހާ އިއްސެ މަރާލި ކަމަށް އެއްބަސް ވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ. 

 

 

ފުލުހުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ  މިހާދިސާއަކީ މީހަކު ނުވަތަ ބަޔަކު ގަސްތުގައި ހިންގާފައިވާ ލާއިންސާނީ އަމަލަކަށްވުމާއެކު އެވަގުތުން ފެށިގެން ފުލުހުން ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި އެމައްސަލަ ތަހުގީގު ކުރަން ފެށި ކަމަށެވެ. އެގޮތުން ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ފަށައި އިއްސެއާއެކު އައިސް ޕްލާންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ޝުމޮން މިއާ (27އ) ހައްޔަރު ކުރި ކަަމަށެވެ.

"މި މައްސަލަައިގެ ތަހްގީގުގައި އިސްމާއިލްް އުމަރަށް ހަމަލާދީ މަރާލާފައިވާ ކަމަށް ޝުމަން މިއާ ވަނީ އިއުތިރާފުވެފަ އެވެ. އަދި އިސްމާއީލް އުމަރަށް ހަމަލާ ދިނުމަށް ޝުމަން މިއާ ބޭނުންކުރި ވަޅިއާއި އިސްމާއީލް އުމަރަށް ހަމަލާދިން އިރު، ޝުމަން މިއާ ލައިގެން ހުރި އަންނައުނު ފުލުުހުން މިހާރު ވަނީ ހޯދާފައެވެ.،" ބަޔާނުގައިވެ އެވެ. 

މީގެއިތުރުން ފުލުހުުންގެ ބަޔާނުގައި ބުނެފައިވަނީ އިއްސެ މަރާލި މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ހެކިތަކުގެ އަލީގައި އިއްސެއަށް ހަމަލާދީ މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ޝުމަން މިއާގެ އިތުރުން އިތުރު ހަތަރު ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އިއްސެ މަރާލި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ހުކުރު ދުވަހު 16:23 ހާއިރު ކަމަށާއި އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އައިސް ޕްލާންޓަށް ދިޔައިރު އެތަނުގެ ދޮރުގައި ލޭގެ އަސަރު ހުރި ކަމަށެވެ.ފުލުހުން އައިސް ޕްލާންޓާއި އައިސް ޕްލާންޓްގެ އޮފީސް އަދި އެކޮމޮޑޭޝަން ބްލޮކް އިތުރަށް ބަލައި ފާސްކުރިއިރު، ޒަހަމްތަކާއެކު އިސްމާއީލްގެ ހަށިގަނޑޫ އޮތީ، އައިސް ޕްލާންޓްގެ އައިސް ޕްރޯސެސިންޓް ޔުނިޓެގް ތެރޭގައި ކަމަށެވެ. 

ފުލުހުން ބުނީ އިއްސެ މަރާލި މައްސަލައިގައި މިމައްސަލާގައި ޝަމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް