ކ. މާލެ
|
29 އޯގަސްޓް 2022 | ހޯމަ 16:45
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިންގެ ހާލަތު
ފާއިތުވި ހަފުތާގައި ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ 45 މީހުން
ދެވަނަ ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 1183 މީހުން
ބޫސްޓަރ ފުރަތަމަ ޑޯޒް 166،603 މީހުން ޖަހާފައިވޭ

ފާއިތުވި ހަފުތާގައި ކޮވިޑް-19 ބޫސްޓަރ ދެ ވަނަ ޑޯޒް 45 މީހުން ޖަހާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު އޮގަސްޓް 27 ގެ ނިޔަލަށް ކޮވިޑް ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 1183 މީހުންނެވެ. ބޫސްޓަރ ފުރަތަމަ ޑޯޒް 166،603 މީހުން ޖަހާފައިވެއެވެ.

ކޮވިޑް-19ން ރައްކާތެރިވުމަށް ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި, ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެކަމަށް ބެލެވޭ މީހުންނަށް ހަތަރުވަނަ ޑޯޒެއް ޖެހުމަށް ނިންމައި އެކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް 399،069 މީހުން ޖަހާފައިވާއިރު ދެވަނަ ޑޯޒް 384،879 މީހުން ޖަހާފައިވެއެވެ.

- ކޮމެންޓް