ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 20:11
މައި ހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލް
މައި ހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލް
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލް
މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލްގައި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި
ހުޅުމާލޭގެ 4 ސަރަހައްދެއްގައި ބޮޑު ސްކްރީން ހަރުކޮށް މެޗު ބެލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ ރޭވިފައި

ވޯލްޑް ކަޕް 2022 އާއި ގުޅުވައިގެން ހުޅުމާލޭގައި ބާއްވާ އެއްމެ ބޮޑު ފެސްޓިވަލް, މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލްގައި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލް އަކީ ހުޅުމާލޭގައި ގިނަ ބަޔަކު އެއްވެ މަޖާ މާހައުލެއްގައި މުބާރާތުގެ މެޗުތައް ބަލާލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެޗްޑީސީގެ ފަރާތުން ބާއްވާ ފެސްޓިވަލެކެވެ.

ހުޅުމާލޭގެ 4 ސަރަހައްދެއްގައި ބޮޑު ސްކްރީން ހަރުކޮށް މެޗު ބެލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ ރޭވިފައެވެ. އެގޮތުން، ސެންޓްރަލް ޕާކް، ނެއިބާހުޑް 6 (ހިޔާ ސަރަހައްދު)، ރުއްގަނޑު 1 އަދި ރުއްގަނޑު 2 ގައި މި ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. މެޗުތައް ބެލުމުގެ އިތުރުން، ހާފް ޓައިމްގައި އެކި ހަރަކާތްތައް ރާވާފައިވާކަމަށްވެސް އެޗްޑީސީން މައުލޫމާތުދެއެވެ. މީގެ އިތުރުން ހަފުތާ ބަންދު ދުވަސްތަކާއި، މުހިއްމު މެޗުތައް ކުޅޭ ދުވަސްތަކުގައި ލައިވް މިއުޒިކް ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްކޯރ ދިމާކުރުމާއި، މެޗުތައް ބެލުމަށް ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުނަގައިގެން އިނާމް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. ހަފުތާ ބަންދުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް އެޗްޑީސީން ނިންމާފައިވާކަމަށް އެއިދާރާއިން މައުލޫމާތުދެއެވެ.

މައި ހުޅުމާލެ ވޯލްޑްކަޕް ފެސްޓިވަލް 2022 ގެ ޕާޓަނަރުންނަށް ވުމަށް[email protected]އަށް އީމެއިލް ކުރެއްވުމަށް އެޗްޑިސީން ވަނީ އެދިފައެވެ.

- ކޮމެންޓް