Advertisement
ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 10:30
ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް
ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް
ޓްވިޓަރ
ހޯރަފުށީ ދާއިރާގެ މެމްބަރު
މެމްބަރު އިސްމާއިލް ދެއްވި ފައިސާ އުލިގަމު ކައުންސިލުން މިއަދު ބަހަނީ
ރަށުގެ 68 ގެއިން ކޮންމެ ގެއަކަށް 1000 ރުފިޔާ މެމްބަރު އިސްމާއިލް ހަދިޔާކޮށްފައިވޭ
ފައިސާތައް އެކައުންސިލާއި ހަވާލުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ
ވިއްސާރައިގައި އުލިގަމަށް ގެއްލުން ލިބުނު

މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހު ހއ. އަތޮޅު އުލިގަމަށް ވިއްސާރަވެ ގެއްލުން ލިބުމާ ގުޅިގެން އެރަށުގެ ހުރިހާގެ އަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ދެއްވި ފައިސާގެ އެހީ މިއަދު ބަހަން ފަށާނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އުލިގަމަކީ ހޯރަފުށީ ދާއިރާގައި ހިމެނޭ ރަށެކެވެ.

އުލިގަމުގެ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޒިޔާދު ހަސަން ވިދާޅުވީ އެރަށުގެ 68 ގެ ހުންނަ އިރު، ކޮންމެ ގެއަކަށް 1000 ރުފިޔާ މެމްބަރު އިސްމާއިލް ހަދިޔާކޮށްފައިވާކަމަށެވެ. އެއީ 68،000 ރުފިޔާއެވެ.

މެމްބަރު އިސްމާއިލް އެ ފައިސާ އެކައުންސިލާއި ހަވާލުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އުލިގަމަށް ކުރި ވިއްސާރައިގައި އެރަށުގެ ދަނޑުތައް ހަލާކުވެ އެއްގެއަކަށް ގެއްލުން ލިބުނެވެ. އެހެން ނަމަވެސް މިހާރު ވަނީ އާންމު ހާލަތަކަށް އައިސްފައިކަމަށް ޒިޔާދު ވިދާޅުވިއެވެ.

މެމްބަރު އިސްމާއިލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އުލިގަމުގެ ރައްޔިތުންނަށް ދިމާވި ވިއްސާރައިގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ގެއްލުންވި އާއިލާތަކަށް ފައިސާގެ އެހީ ހަވާލު ކޮށްފައިވާކަމަށެވެ.

މެމްބަރު އިސްމާއިލް އުލިގަމު ރައްޔިތުންނަށް ފައިސާގެ އެހީ ދެއްވިއިރު،  ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބެއްސެވުމަށް ލާރި ގޯނި ހިފައިގެން މެންބަރުންގެ ގާތަށް ވަޑައިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ މައްސަލައެއް އަދި ތަހްގީގެއް ނުކުރެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް