Advertisement
ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 10:26
ފުވައްމުލަކު އެކްސިޑެންޓުގައި ހާލުބޮޑުވި މީހާ
ފުވައްމުލަކު އެކްސިޑެންޓުގައި ހާލުބޮޑުވި މީހާ
ފޭސްބުކް
ފުވައްމުލަކު އެކްސިޑެންޓް
ފުވައްމުލަކު އެކްސިޑެންޓުގައި ހާލުބޮޑުވި މީހާ މާލެ ގެނެސްފި
އޭނާ އަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި
އެކްސިޑެންޓުގައި ބޮލަށް ލިބުނު ގެއްލުންތަކުގެ ސަބަަބުން ސިކުނޑި އަށް ވަނީ ލޭ ފައިބާފައި
އައިޖީއެމްއެޗްގައި ނާރުގެ ޑޮކްޓަރެއް ނެތުމަށް އޭޑީކޭއަށް ބަދަލުކުރަނީ

ހުކުރު ދުވަހުގެ ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި ހާލުބޮޑުވި މީހާ މާލެ ގެނެސް ފަރުވާ ދޭން ފަށާފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

މި އެކްސިޑެންޓްގައި އަނިޔާވެ ސީރިއަށް ހާލަތުގައި އޮތީ ފުވައްމުލަކު ދިގުވާޑު ގުރަހާގޭ، އުމުރުން 59 އަހަރުގެ އަބްދުﷲ އެވެ.  

އަބްދުﷲގެ ކޮއްކޮ އަލި ދީދީ ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ އަބްދުﷲ ހޮނިހިރު ދުވަހުގެ ރޭ މާލެ ގެނެސް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗްގައި ނާރުގެ ހާއްސަ ޑޮކްޓަރެއް ނެތުމުން، އަބްދުﷲ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރުމަށް ވަނީ ނިންމައިފަ އެވެ.

ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި އަބްދުﷲގެ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ލޭ އެޅި، އަދި ނާރަކަށް ގެއްލުންވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ އަލި ދީދީ ބުންޏެވެ. އެހެންވެ، އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

އަބްދުﷲ ފުރަތަމަ މާލެ ގެންނަން އުޅުނީ ހޮނިހިރު ދުވަހު ހެނދުނު އެވެ. ނަމަވެސް ފުވައްމުލަކުން ފްލައިޓް ނައްޓާލި ފަހުން އޭނާގެ ހާލު ބޮޑުވެގެން އަނބުރާ ފުވައްމުލަކަށް ދިޔަ އެވެ. އެއަށް ފަހު އޭނާ ގެންދިޔައީ އައްޑޫ ރީޖަނަލް ހޮސްޕިޓަލަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް