Advertisement
ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 10:02
ދެވަނަ ޓާމްގެ ކިޔެވުން މިއަދު ވަނީ ފެށިފައި
ދެވަނަ ޓާމްގެ ކިޔެވުން މިއަދު ވަނީ ފެށިފައި
އަޒުމޫން އަހުމަދު
ސްކޫލް ހުޅުވުން
ދެވަނަ ޓާރމްގެ ކިޔެވުން މިއަދު ފަށައިފި
ޖޫން 25 އިން ފެށިގެން އެއް ހަފުތާއަށް ބަންދުވާނެ

އެއްހަފްތާގެ ޗުއްޓީއަކަށްފަހު ދެވަނަ ޓާމްގެ ކިޔެވުން އާދީއްތަދުވަހު ފަށައިފިއެވެ.

ދެވަނަ ޓާމްގެ ކިޔެވުން އާދީއްތަ ދުވަހު ފެށުނު އިރު އާންމުކޮށް ކިޔަވައިދޭ ގަޑިތަކާއި ޚިލާފަށް ރަމަޟާންމަހުގައި  ހެނދުނުގެ ދަންފަޅި ފަށަނީ 08:40  އާއި 09:00 އާދެމެދު އެވެ. މެންދުރު ދަންފަޅީގެ ކިޔެވުން 11:00 އާއި 13:00 އާދެމެދު އެވެ.  އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކިޔަވާދިނުމުގެ ވަގުތުތައް ހަމަޖައްސާނީ އެންމެ ލަސްވެގެން މެންދުރުފަހުގެ 15:00 ގެ ކުރިން ކިޔަވާދިނުން ނިންމާލެވޭ ގޮތަށް ކަމަށެވެ.

ދެވަނަ ޓާމުގެ ކިޔެވުން އާދީއްތަދުވަހު ފެށުނު ކަމުގައިވީނަމަވެސް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދުވާ އެއް ހަފްތާއާއި އެކު ސްކޫލްތައްވެސް ބަންދުވާނެއެވެ.

އެހެންކަމުން މި މަހުގެ 18 އިން 22 އަށް ކިޔަވައިދިނުމަށް ފަހު އީދު ޗުއްޓީ ނިންމައި ދަރިވަރުން ސްކޫލްތަކަށް ނުކުންނާނީ ޖުލައި މަހުގެ 2 ވަނަ ދުވަހުގައި ސަރުކާރުގެ އޮފީސްތަކާއި އެކީގައެވެ.

ދެ ވަނަ ޓާމުގެ ކިޔެވުން ނިމޭނީ ނޮވެމްބަރު މަހު އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
19 ޖޫން 2017 | ހޯމަ 11:30
އަ
މީ ދެން ކޮން ކަމެއް