Advertisement
ކ. މާލެ
|
26 އޯގަސްޓް 2022 | ހުކުރު 07:11
ރައީސް ސާލިހު މީގެކުރިން އއ.އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވަނީ
ރައީސް ސާލިހު މީގެކުރިން އއ.އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވަނީ
ރައީސް އޮފީސް
ރައީސް މ އަތޮޅަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ހޮނިހިރު ދުވަހު މ. އަތޮޅަށް ވަޑައިގަންނަވަނީ
އެނބުރި މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހު
ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގައި ހިނގަމުންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވައިލައްވާނެ
ރަތްމަންދޫ، މަޑުއްވަރީ، ދިއްގަރު، ވޭވަށް އަދި މުއްޔަށް ވަޑައިގަންނަވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހޮނިހިރު ދުވަހު މ. އަތޮޅަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވީ ރައީސް, މ. އަތޮޅަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރަތްމަންދޫ، މަޑުއްވަރީ، ދިއްގަރު، ވޭވަށް އަދި މުލި ހިމެނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގައި ހިނގަމުންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވައިލައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތުދީފައެވެ.

Advertisement

އެގޮތުން ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތާއި ވޭވަށު ބަނދަރާއި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

ރައީސް މ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅު ނިންމަލެއްވުމަށްފަހު، އެނބުރި މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް