Advertisement
ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 04:20
އަދީބުގެ ވަކީލް ސިރާޖް ފަލަ ސުރުޚީ ޕްރޮގްރާމްގައި
އަދީބުގެ ވަކީލް ސިރާޖް ފަލަ ސުރުޚީ ޕްރޮގްރާމްގައި
ރާއްޖެއެމްވީ
ފަލަ ސުރުޚީ
އަދީބުގެ ލޮލަށް ދަނީ ގޮތް ނޭނގޭ ބޭހެއް އަޅަމުން:ވަކީލު
ގޮތް ނޭނގޭ ބޭހެއް ކާންވެސް ދޭ
އެކަމުގެ ހަޤީގަތް ހޯދަން އެދުމުން ކަރެކްޝަނުން ޖަވާބެއް ނުދޭ
އެބޭސް ހުއްޓާލަން އަދީބު ބޭނުންފުޅު ނުވަނީ އިތުރު ފަރުވާއެއްވެސް ނުލިބިދާނެތީ

މިވަގުތު ޖަލުގައި އޮންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޮލަށް ގޮތް ނޭނގޭ ބޭހެއް އަޅަމުންދާކަމަށް އޭނާގެ ޤާނޫނީ ވަކީލް މުސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ސިރާޖް މިހެން ވިދާޅުވީ އަދީބުގެ ސިއްޙީ ހާލަތާ ގުޅޭ ގޮތުން ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ސިރާޖް ވިދާޅުވީ އަދީބުގެ ސިއްޙީ ޙާލަތު ވަރަށް ސީރިއަސް ކަމަށާއި ކޮންމެ ގައިދީއަކަށް ލިބެންޖެހޭ ސިއްޙީ ފަރުވާގެ ޙައްގު އަދީބަށް ފޯރުކޮށް ނުދޭ ކަމަށެވެ. އަދި އެވާހަކަތައް މީޑިޔާއަށް ހިއްސާ ކުރަން ފަށާފައި މިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ހައްލެއް ނުލިބުމުން ކަމަށެވެ.

ސިރާޖު ވިދާޅުވީ އަދީބުގެ އެއް ބައްޔަކީ އޭނާގެ ލޮލަށް ލޮލުގެ ވަރަސް ނުރައްކާތެެރި ބައްޔެއް ކަމުގައިވާ ގްލޮކޮމާ ޖެހިފައިވުން ކަމަށާއި އެކަން ވަނީ އައިކެއަރ އޮޕްޓިކަލްސްއިން ހެދި ޓެސްޓްތަކުން ކަށަވަރުވެފައި ކަމަށެވެ.  އެބަލި ހުރިކަން އެނގުނީ ލޮލުގެ ޓެސްޓެއް ހަދަން ޖެހޭކަމަށް ޑޮކްޓަރުން ލަފާދިންތާ އެއްއަހަރު ފަހުން ހެދި ޓެސްޓެއް ކަމަށެވެ. އަދި އެބައްޔަށް ރާއްޖެއިން ފަރުވާ ދެވޭކަށްވެސް ނެތްކަމަށްވެސް ސިރާޖް ވިދާޅުވިއެވެ.

ސިރާޖް ވިދާޅުވީ އަދީބުގެ ލޮލަށް ކޮންބޭހެއްކަން ނޭނގޭ ބޭހެއް އަޅާ ކަމަށާއި ގޮތް ނޭނގޭ ބޭހެއް ކާންވެސް ދޭ ކަމަށެވެ.  އެއީ ކޮން ބޭހެއްތޯ ސާފުކޮށްދޭން ކިތައްމެ ފަހަރަކު އެދެފިން ކަމަށާއި އެހެންނަމަވެސް އެކަމަށް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

"އަދީބުގެ ލޮލަށް މިހާރު ދަނީ ބޭހެއް އަޅަމުން. އަދީބަކަށްވެސް ނޭނގޭ އެއީ ކޮންބޭހެއް ކަމެއް. އަދި ކާންދޭ ބޭސްވެސް އެއީ ކޮންބޭހެއް ކަމެއް. ބޭސް ދޭގޮތަކީ ތައްޓަކަށް ބޭސްގުޅަ ލައިގެން އައިސް ދެނީ. ދެން ލޮލަށްވެސް އައިސް ބޭސް އަޅަނީ. އަދީބުވެސް އަޅުގަނޑުމެންވެސް ވަރަށް ކަންބޮޑުވާ ކަމެއް އެއީ ކޯއްޗެއްކަން ނޭނގޭ ގޮތައް އެކަން ކުރުން" ސިރާޖް ވިދާޅުވިއެވެ.

ގޮތް ނޭނގޭ ބޭހެއް ބޭނުންކުރުން ހުއްޓާ ނުލެވޭނެތޯ ދެންނެވުމުން ސިރާޖް ވިދާޅުވީ އަދީބު އެގޮތައް ބޭނުންފުޅު ނުވާ ކަމަށާޢި އަދީބު ބޭނުންފުޅުވަނީ ދޭ ފަރުވާއެއްވެސް ލިބިގަތުމަށް ކަމަށެވެ.

"ލޮލުގެ ފެނުން ދަށް ވަމުންދާތީ އުއްމީދެއް އޮތީތީ އަދީބު ބޭނުމެއް ނުވޭ އެބޭސް އެޅުން ހުއްޓާލާކަށް"ސިރާޖް ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އަދީބުގެ ބޭސްފަރުވާއަށް ވަކި ގައުމަކަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށާއި އަދީބާއި އާއިލާއިންވެސް ބޭނުންވަނީ ސަރުކާރުން ބޭނުންވާ ގައުމަކަށް ދިއުމަށްފަހު ފަރުވާ ކުރެވެން ހުރި ގައުމަކަށް ދިއުމަށް ފަހު އަވަހަށް ފަރުވާ ދިނުން ކަމަށެވެ.

ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގުތައް ކޮންމެ މީހަކަށްވެސް ލިބިދޭންޖެހޭނެ ކަމަށާއި އަދީބަށްވެސް އަސާސީ ހައްގު ކަމަށްވާ ބޭސްފަރުވާގެ ކަންކަން ލިބިދޭން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
18 ޖޫން 2017 | އާދީއްތަ 08:34
ބްރޯ
ރައިޔަތުންގެ ސިންޕަތީ ހޯދަން މޮޅުވާހަކަ ދައްކާނެ ކަމެނެތް ގޮތްނޭގޭ ބޭހެއް ރުހުމުގަ އެއް ނުދެވޭނެ ރައިޔަތުން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ ބައިތުލްމާލުން ދަވާލި ލާރިގަނޑު މަތިން