ކ. މާލެ
|
25 އޯގަސްޓް 2022 | ބުރާސްފަތި 07:05
އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
އެޑިޔުކޭޝަން މިނިސްޓްރީ
މަތީ އަރުތަވެރިންނަށް އިނާމު ދިނުން
މޮޅެތި ދަރިވަރުން މުދައްރިސުންނަށް ނުވާނަމަ ކުރިޔަށް އޮތްތަނުގައި އެވޯޑް ލިބޭ ކުދިން މަދުވާނެ: މިނިސްޓަރު
 
މިހާރު ވަނީ މުދައްރިސުންގެ މުސާރަ ބޮޑުކޮށްފައިކަމަށް މިނިސްޓަރު ވިދާޅުވި
 
މިނިސްޓަރު ވިދާޅުވީ މީގެ 40 އަހަރަކަށް ކުރިން މުދައްރިސްކަމަކީ ރާއްޖޭގައި ވަރަށް ގަދަރުވެރި ވަޒީފާއެއްކަމަށް

އެންމެ ތޫނުފިލި މޮޅެތި ކުދިން މުދައްރިސުންނަށްވުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ އިލްތިމާސްކުރައްވައިފިއެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ ކުދިން މުދައްރިސުންނަށް ނުވާނަމަ މިފަދަ އުފާވެރި ޖަލްސާތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އަހަރަކަށް ފަހު އަހަރެއް އަންނާނީ މަދުވަމުންކަމަށެވެ. މިގޮތް ބޭނުންނޫންނަމަ އެންމެ ހުލްގު ރަނގަޅު އެންމެ ކެރޭ އަދި އެންމެ ތޫނުފިލި ކުދިން މުދައްރިސުކަމަށް ކުރިމަތިލުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރު ވިދާޅުވީ މީގެ 40 އަހަރަކަށް ކުރިން މުދައްރިސްކަމަކީ ރާއްޖޭގައި ވަރަށް ގަދަރުވެރި ވަޒީފާއެއްކަމަށެވެ.

ރަނގަޅު މުސާރަ އެއް ލިބޭ ވަޒީފާއެއް. މަދަރުސާތައް ނިންމާ މޮޅެތޮ ކުދިން އިހުތިޔާރުކުރި ވަޒީފާއެއް. މިހާލަތު ބަދަލުވި މައިގަނޑު އެއް ސަބަބަކީ އެހެން ދާއިރާތަކުގެ މުސާރަ މުދައްރިސުންނަށްވުރެ ބޮޑުވަމުންދިޔުން. ނަމަވެސް މިކަން މިހާރުވަނީ އިސްލާހުކުރެވިފައި. މުދައްރިސުންގެ މޫނުމައްޗަށް ބޮޑު ހިނިތުންވުން ގެނުވި މުސާރައިގެ ބޮޑު ކުރިއެރުމެއް ވަނީ މިއަހަރުތެރޭގައި ގެނެސްފައި.
ޑރ އައިޝަތު އަލީ/ އެޑިޔުކޭޝަން މިނިސްޓަރު

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ކޮވިޑް-19ގެ އެންމެ އުނދަގޫ ދުވަސްވަރުގައި ހިތްވަރާއި ނުގުޑާފަދަ އަޒުމެއްގައި ކެތްތެރިކަމާއެކު ދަރިވަރުން ކުރި މަސައްކަތްތުގެ ކާމިޔާބު މިއަދު ހާސިލުވެގެންދާދިޔުން އުފަލާއެކު ފާހަގަކުރައްވާކަމަށެވެ. އަދި ދަރިވަރުންނަށް ނިންމާލެވުނީ ތައުލީމީ އެއް މަރުހަލާކަމަށާއި ދަރިވަރުންގެ ތައުލީމީ ހަޔާތް އަދި އޮތީ ކުރިޔަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމުގެ ފުރުސަތުތައް މިސަރުކާރުން ވަނީ ވަރަށް ބޮޑަށް ހުޅުވާލާފައިކަމަށާއި އުންމީދުކުރައްވަނީ ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާ ތައުލީމުގެ ހަރުފަތްތައް ދަރިވަރުން ގިރާކުރުމަށް އަޒުމުކަނޑައަޅާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި