Advertisement
ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 23:47
އޭޑީކޭ ކޮސްޕިޓަލްގައި ދިވެހި ދެމަފިރިންނަށް މިއަދު ލިބިފައިވަނީ އެއްމާބަނޑު ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖެއް
އޭޑީކޭ ކޮސްޕިޓަލްގައި ދިވެހި ދެމަފިރިންނަށް މިއަދު ލިބިފައިވަނީ އެއްމާބަނޑު ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖެއް
ޓްވިޓަރ
އެއްމާބަނޑު ހަތަރު ކުދިން
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެއްމާބަނޑު ހަތަރު ކުދިން ވިހައިފި
ހަތަރު ކުދިން ނެގީ ސިޒޭރިއަށް ހަދައިގެން
މިއީ އެ ދެމަފިރިންގެ އަލަތު ދަރިން
ސިޒޭރިއަނަށް ފަހު އެ ކުދިންގެ މަންމަ އަށް ލޭ އަޅަން ޖެހުނު

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެއްމާބަނޑު ހަތަރު ކުދިން މިއަދު ވިހައިފި އެވެ.

 

އޭޑީކޭ ކޮސްޕިޓަލްގައި ދިވެހި ދެމަފިރިންނަށް މިއަދު ލިބިފައިވަނީ އެއްމާބަނޑު ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖެއް ކަމަށް، އެ އާއިލާއިން ބުނެ އެވެ.

 

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި މި ހަތަރު ކުދިންގެ ބައްޕަ އަކީ ށ. ފޯކައިދޫ އަށް ނިސްބަތްވާ މީހެކެވެ. މަންމައަކީ އދ. މަންދު އަށް ނިސްބަތްވާ މީހެކެވެ. އެއްބާނޑު ހަތަރު ކުދިންނަކީ  މި ދެމަފިރިންގެ އަލަތު ކުދިންނެވެ.

 

ހަތަރު ކުދިންގެ ވެސް ހާލު ރަނގަޅު ކަމަށް ރާއްޖެ އެމްވީއަށް ވަނީ އެނގިފަ އެވެ.  ސިޒޭރިއަން ހަދައިގެން ކުދިން ނެގި ވަގުތު މައި މީހާގެ ހާލު ގޯސްވި ކަމަށާއި ލޭ އަޅަން ވެސް ޖެހުނު ކަމަށް ވެސް ވަނީ އެނގިފަ އެވެ.  ނަމަވެސް މިހާރު މައި މީހާގެ ހާލު ރަނގަޅު ކަމަށްވެ އެވެ. 

އެއްމާބަނޑު ހަތަރު ކުދިން މިހާރު އޮތީ އޭޑީކޭ ހޮސްޕިޓަލްގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ (އެންއައިސީޔޫ)ގަ އެވެ. މި ކުދިން ވިހައިފައިވަނީ ދުވަސް ނުފުރަ އެވެ. ނަމަވެސް ކުދިންގެ ހާލު ރަނގަޅު ކަމަށް ރާއްޖެ އެމްވީއަށް ވަނީ އެނގިފަ އެވެ.

 

މި ކުދިން ވިހެއުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ދަތިތަކެއް ކުރިމަތިވެދާނެތީވެ، އައިޖީއެމްއެޗްގެ ކުޑަކުދިންގެ ނާސަރީވެސް ތައްޔާރުކުރި އެވެ. ނަމަވެސް، ފަހުން އެއްމާބަނޑު ހަތަރު ކުދިންނަށް އޭޑީކޭގެ އެންއައިސީޔޫގައި ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖެއްސި އެވެ.

 

މި އާއިލާއަށް ރާއްޖެޓީވީ އާއި ރާއްޖެ އެމްވީގެ ފަރާތުން ވަރަށް ބޮޑަށް މަރުހަބާ ކިޔަމެވެ.

 

މީގެ ކުރިން ރާއްޖޭގައި އެއްމާބަނޑު ތިން ކުދިން ވިހާފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް