Advertisement
ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 22:21
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ރާއްޖެއެމްވީ
އަހުމަދު އަދީބު
ޖަލުގެ ގޮޅީގައި އަދީބަށް އަނިޔާ ލިބެމުން ދަނީ، ދެ ކޮނޑު ވަނީ ފިހިފައި:ސިރާޖު
އަދީބަށް ވަނީ ސިއްހީގޮތުން ސީރިއަސް މައްސަލަތަކެއް ކުރިމަތިވެފަ
އަދީބުގެ ލޮލުގެ ފެނުން ގެއްލިދާނެ

ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ޖަލުގެ ގޮޅިތެރޭގައި އަނިޔާލިބެމުންދާ ކަމަށާއި، އެމަނިކުފާންގެ ދެ ކޮނޑު ވަނީ ފިހިފައިކަމަށް އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސިރާޖް ވިދާޅުވީ މާފުށީ ޖަލުގެ ގޮޅީގައި އާދީބު ހުންނެވިއިރު، އެ ގޮޅި ވަރަށް ހޫނު ކަމަށެވެ. އޭސީ ނައްޓާލުމުގެ ސަބަބުން ފިނި ވައިކޮޅެއް ވެސް ލިބޭނީ ތޭރިތަކުން ކަމަށް ސިރާޖް ވިދާޅުވިއެވެ. ޖަލު ގޮޅީގެ ކޮންމެވެސް ތަނެން އަދީބު ގައިގައި ޖެހިފައި ހުރުމުން ، ދެ ކޮޑު ފިހިފައި ހުރި ކަމަށް އެނާ ވިދާޅުވިއެވެ.

 

" އަޅުގަނޑު އެންމެ ފަހުން ބައްދަލުކުރަން ދިޔަ ދުވަހު ވެސް ލަކުނު ދެކުނިން، ޖަލުގައި ވަރަށް ތަފާތު ކުރުން ގެންގުޅޭ, 8 ފޫޓް ދިހަ ފޫޓް ގޮޅިއެއް، ފެންވަރަން ޖެހެނީ ބާލިދީން ، ޑޮކްޓަރުން ލަފާ ދީފި ބަރު އެއްޗެހި ނޫފުލަން، ކޮންމެ ދުވަހަކު ވެސް ފެންވަރަށް ވެސް ޖެހެނީ ބާލީދީއަށް ފެންއަޅައިގެން" ސިރާޖް ވިދާޅުވިއެވެ. 

 

ސިރާޖު ވިދާޅުވީ އަދީބަށް ވެސް ބޭސްފަރުވާގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. މީގެ ކުރިން ނުދައްކާ ވާހަކަތައް އެބަ ހުރިކަން ފާހަގަ ކުރައްވައި ސިރާޖު ވިދާޅުވީ އަދީބަށް ކެންސަރުގެ ނުރައްކާ ވެސް އެބަ އޮތް ކަމަށެވެ.

 

އަދީބުގެ އެއްބަނޑު އެއްބަފާ ބޭބެ މީގެ ކުރިން ވަނީ ކެންސަރު ބަލީގައި މަރުވެފައިވާކަން ފާހަގަކުރަމުން އަދީބު ވިދާޅުވީ އެމަނިކުފާންގެ ހަށިގަނޑުގައި ތިން ސިސްޓެއް އެބަހުރި ކަމަށާއި އެ ސިސްޓް ކެންސަރަށް ބަދަލުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ. މީގެ ކުރިން އަދީބްގެ އާއިލާގެ މެމްބަރަކު ކެންސަރު ބަލީގައި މަރުވެފައިވާއިރު، މި ކަންކަމަށް ރާއްޖޭން ފަރުވާ ދެވެން ނެތް ކަމަށާއި ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވަން ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.

 

ސިރާޖު ވިދާޅުވީ އަދީބުގެ ކިޑްނީގައި ހިލަ އުފެދި ފައިވާއިރު، ލޮލުގެ ފެނުން ގެއްލިގެން ގޮސްދާނެ ފަދަ ބައްޔެއް ކަމުގައިވާ ގުލޮކޮމާ ވަނީ އަދީބަށް ޖެހިފައެވެ.  މިކަން އައިކެއާ އޮޕްޓިކަލުން ހެދި ޓެސްޓްތަކުން ހާމަވާ ކަމަށާއި އެ ޑޮކިއުމެންޓްތައް ވެސް އެބަހުރި ކަމަށް ސިރާޖް ވިދާޅުވިއެވެ.  އަދީބް ސިއްހީ މައްސަލަތައް އެޗްއާރުސީއެމްގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އާއިލާގެ ފަރާތުން މި މައްސަލަތައް އެޗްއާރްސީއެމަށް ހުށައެޅި ނަމަވެސް މިހާތަނަން މިކަމާއި ގުޅިގެން އަދީބާއި ބައްދަލުކޮށް ހާލު ބައްލަވާފައި ނުވާ ކަމަށް އެނާ ވިދާޅުވިއެވެ.

 

އަދީބު ގެއަށް ބަދަލުކުރުމަށް އާއިލާއިން އެދިފައި ވާއިރު، ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ ގެއަށް ބަދަލުކޮށް ދެވެން ނެތް ކަމަށެވެ. ރާއްޖެއިން ބޭރަށް އަދީބު ބޭސްފަރުވާއަށް ދިއުމަށް ހުއްދަ ދީފައެއް ނުވެފައެވެ.

 

މިކަމާއި ގުޅިގެން ސިރާޖް ވިދާޅުވީ ފަރުވާ ނުދެވި ލަސްވެއްޖެ ޖަލުގެ ގޮޅިތެރޭގައި މަރުވެދާނެ ކަމަށެވެ. އެހެންކަމުން އާއިލާގެ އާދޭހަކީ އަދީބް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ހަމަޖައްސައި ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެރަރިޒަމާއި ކޮރަޕްޝަންގެ ތިން މައްސަލައެއްގައި އަދީބަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދީބަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އިތުރު މައްސަލަތައް ތަހްގީގުކުރާއިރު، ބައެއް މައްސަލަތައް ކްރިމިނަލް ކޯޓްގައި ކުރިއަށް އެބަ ގެންދެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 ޖޫން 2017 | އާދީއްތަ 19:51
ކަނައްކަފޫޅު
އަދީބު ޖަލުގައި އޮވެގެން މަރުވުންނޫންގޮތެއް މިވަގުތު ފެންނާކަށް ނެތް
19 ޖޫން 2017 | ހޯމަ 01:42
ސޮދުރީ
ކޮބާތޯ އަދީބު އަހަރެމެން ރައްޔިތުންނަށް ކުރި އަނިޔާ، ތިމާ ކުޅުނުނު ރީތި ކުޅީވަރު ތިޔަފެންނަނީ، އޭރުގަ ހިތަކަ ނާރާ ތިމަންނަޔަށް މިފަދަ ދުވަހެ އަތުވެދާނެޔޭ،