ކ. މާލެ
|
23 އޯގަސްޓް 2022 | އަންގާރަ 07:49
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިންގެ ހާލަތު
ފާއިތުވި ހަފުތާތެރޭ ބޫސްޓަރ ދެވަނަ ޑޯޒް ޖެހީ 84 މީހުން
ބޫސްޓަރ ދެވަނަ ޑޯޒް ޖަހާފައިވަނީ 1138 މީހުން
ބޫސްޓަރ ފުރަތަމަ ޑޯޒް 166،445 މީހުން ޖަހާފައިވޭ

ފާއިތުވި ހަފުތާގައި ކޮވިޑް-19 ބޫސްޓަރ ދެ ވަނަ ޑޯޒް 84 މީހުން ޖަހާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބޫސްޓަރ ދެވަނަ ޑޯޒް ޖަހާފައިވަނީ 1138 މީހުންނެވެ. ބޫސްޓަރ ފުރަތަމަ ޑޯޒް 166،445 މީހުން ޖަހާފައިވެއެވެ.

ކޮވިޑް-19ން ރައްކާތެރިވުމަށް ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި, ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެކަމަށް ބެލެވޭ މީހުންނަށް ހަތަރުވަނަ ޑޯޒެއް ޖެހުމަށް ނިންމައި އެކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް މީހުންގެ އަދަދަކީ 399،061 އެވެ. އަދި ދެވަނަ ޑޯޒް 384،846 މީހުން ޖަހާފައިވެއެވެ.

- ކޮމެންޓް