ކ. މާލެ
|
21 އޯގަސްޓް 2022 | އާދީއްތަ 20:23
މާސޭގެ މަންގުލޫ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
މާސޭގެ މަންގުލޫ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ގޯލް.ކޮމް
ފްރެންޗް ލީގު
ނީސް ބަލިވިއިރު، މާސޭއަށް މޮޅެއް
މާސޭއިން ނަންޓޭސް ބަލިކުރީ 2-1ން
ނީސް އަތުން ކްލެމޮންޓޭ މޮޅުވީ 1-0ން

ފްރާންސް ލީގުގައި ނީސް ބަލިވިއިރު، މާސޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ނީސް ބައްދަލުކުރީ ކްލޭމޮންޓް ފޯޓްއާއެވެ. މި މެޗު ކްލޭމޮންޓްއިން ކާމިޔާބުކުރީ 1-0ންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި ކްލޭމޮންޓްއަށް ކާމިޔާބުކޮށްދިނީ ސައީދުއްދީންއެވެ. މި މެޗުގައި ނީސްގެ މާރިއޯ ލެމީނިއާ އާއި ޖީން ކްލެއާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

މި ނަތީޖާއާއެކު، މިދިޔަ ސީޒަންގެ ފްރާންސް ލީގު ފަސްވަނައިގައި ނިންމާލި ނީސް އޮތީ ތާވަލުގެ 15 ވަނައިގައެވެ. ނީސް ވަނީ ކުޅުނު ދެމެޗުން ބަލިވެ އެއް މެޗުން އެއްވަރުކޮށްފައެވެ. ކްލޭމޮންޓް ތާވަލުގެ ފަސްވަނައިގައި އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް، އަނެއް މެޗުން ބަލިވުމުން ލިބުނު ހަ ޕޮއިންޓާއެކުއެވެ.

ފްރާންސް ލީގުގައި އާދީއްތަ ދުވަހު ދެން ބައްދަލުކުރީ މާސޭ އާއި ނަންޓޭސްއެވެ. މި މެޗު މާސޭއިން ކާމިޔާބުކުރީ 2-1ންނެވެ. މެޗުގެ ހުރިހާ ލަނޑެއްވެސް ފެނުނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ މާސޭއިންނެވެ. މާސޭއަށް ލީޑު ނަގައިދިނީ މަންގުލޫއެވެ. އޭގެ އަށް މިނެޓު ފަހުން، މެޗުގެ 78 ވަނަ މިނެޓުގައި ނަންޓޭސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ލުޑޯވިޗް ބްލާސްއެވެ. މިއީ މަސޭގެ ޑިފެންޑަރު ސަމިއުލް ގިގޮޓް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ބްލާސް ކާމިޔާބުކުރި ލަނޑެކެވެ. މާސޭގެ ދެވަނަ ލަނޑަކީ ނަންޓޭސްގެ ނިކޯލަސް ޕަލޮއިސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ކުޅުނު ތިންމެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް އެއް މެޗުން އެއްވަރު ކޮށްގެން މާސޭ އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއްވަނާގައި އޮތް ލެންސްއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ދެމެޗުން ބަލިވެ، އެއް މެޗުން އެއްވަރުވުމުން ލިބުނު ޕޮއިންޓާއެކު ނަންޓޭސް އޮތީ ތާވަލުގެ 14 ވަނައިގައެވެ.

- ކޮމެންޓް