ކ. މާލެ
|
19 އޯގަސްޓް 2022 | ހުކުރު 19:51
ހެކްވެފައި ހުރެދާނެ އެޕަލްގެ ޑިވައިސްތައް
ހެކްވެފައި ހުރެދާނެ އެޕަލްގެ ޑިވައިސްތައް
mail online
ސައިބަރ ސެކިއުރިޓީ
އައިފޯނުގައި ސެކިއުރިޓީ މައްސަލަތަކެއް އެބަހުރި، ސައިބަރ ވަގުންނަށް ފޯނުގައި ހުރި ހުރިހާ އެއްޗެއް ވަގަށް ނެގިދާނެ: އެޕަލް ކުންފުނި
މިއީ އައިފޯން ގެންގުޅޭ މީހުންގެ މުހިންމު ހުރިހާ އެއްޗަކަށް ހުރި ބޮޑު ބިރެއް

އެޕަލް ކުންފުނީގެ އުފެއްދުމެއްކަމަށްވާ އައިފޯނު، އައިޕެޑް، އަދި މެކް ކޮމްޕިއުޓަރުގެ ބައެއް މޮޑެލްތަކުގައި ސީރިއަސް ސެކިއުރިޓީ މައްސަލަތަކެއް އެބަހުރި ކަމަށް އެކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ސެކިއުރިޓީ މައްސަލަ ހުރުމުގެ ސަބަބުން ސައިބަރ ވަގުންނަށް މި ފޯންތަކުގެ ފުލް ކޮންޓްރޯލް ނަގާ، ފޯނުގައި ހުރި ބޭންކު އެކައުންޓްތަކުގެ ތަފްސީލާއި ފޮޓޯ، ވީޑިޔޯ ފަދަ ތަކެތި ވަގަށް ނެގިދާނެއެވެ.

އެޕަލް ކުންފުނިން މިއަދު މިކަން ހާމަކުރުމާއި ގުޅިގެން އެޕަލްގެ އައިފޯނު ގެންގުޅޭ އެތައް މިލިއަން މީހުން ވަނީ އެމީހުންގެ ފޯނުތައް އަޕްޑޭޓް ކުރުމަށް އަވަސްވެގަނެފައެވެ.

މިމައްސަލަ އާއި ބެހޭ ގޮތުން އެޕަލް ކުންފުނިން ފުރަތަމަ އެއްޗެއް ބުނެފައިވަނީ ބުދަ ދުވަހުއެވެ. މިގޮތުން އައިފޯނުގައި ހުރި ސެކިއުރިޓީ މައްސަލަ ކޮންމެވެސް ބަޔަކު "އެކްސްޕްލޮއިޓް" ކޮށްފަ ނުވަތަ ހައްގު ނެތް ބަޔަކު އަމިއްލަ ގޮތްތަކެއް އެއަށް ހަދާފަވާކަމަށް ބުނެފައިވެއެވެ. އަދި އެކަމާބެހޭ ސެކިއުރިޓީ ދެ ރިޕޯޓް ނެރެފައިވެއެވެ. ނަމަވެސް މައްސަލައަށް މިހާ ފުޅާކޮށް ދުނިޔޭގެ ސަމާލުކަން ލިބުނީ އަދި މިހާރުއެވެ.

ސެކިއުރިޓީ މާހިރުން ވިދާޅުވީ މައްސަލަ ފާހަގަ ކުރެވުނު ޑިވައިސްތަކުގެ ތެރޭގައި އައިފޯން ސިކްސް-އެސް އާއި އައިޕެޑްގެ އެތައް މޮޑެލްތަކަކެއް ހިމެނޭ ކަމަށެވެ. މީގެ ތެރޭގައި ފަސްވަނަ ޖެނަރޭޝަން އަދި އޭގެ ފަހުގެ ވައްތަރުތަކާއި، އައިޕެޑް ޕްރޯގެ ހުރިހާ ވައްތަރަކާއި، އައިޕެޑް މިނީ ފޯ އަދި އޭގެ ފަހުގެ ވައްތަރުތަކާއި އަދި އައިޕެޑް އެއާ ޓޫ އަދި ފަހުގެ ވައްތަރުތައް ހިމެނެއެވެ. އަޕްޑޭޓް ކުރަން ޖެހޭ ވައްތަރުތަކުގެ ތެރޭގައި އައިޕޮޑް ޓަޗް ސެވަންތު ޖެނަރޭޝަން އަދި މެކް ކޮމްޕިއުޓަރުގެ ތެރެއިން މެކް އޯއެސް މަނިޓަރީ ހިމެނެއެވެ.

ސެކިއުރިޓީ މާހިރުން ވިދަޅުވާ ގޮތުގައި އެޕަލް ޕްރޮޑަކްޓުތަކަކީ މިއަދު ގިނަ ބައެއްގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވާއިރު، އެމީހަކަށް މުހިންމު ހުރިހާ މައުލޫމާތެއް މި ހުންނަނީ އެފަދަ ޑިވައިސްތަކުގައެވެ. މިގޮތުން ފޭސް ރިކަގްނިޝަން، ބޭންކިން އެޕްތައް އަދި އަމިއްލަ ސިއްހީ މައުލޫމާތުވެސް ރައްކާކޮށްފައި ހުންނަނީ ފޯނުގައި ނުވަތަ މި ޑިވައިސްތަކުގައެވެ. އެހެން ކަމުން އެތަކެތި ވަގަށް ނެގޭ ނަމަ އެއީ ވަރަށް ވެސް ބިރުހުރި ކަމެކެވެ. އަދި އެންމެ ދެރަކަމަކީ ފޯނު ހެކުވެފައި އެކަން ނޭންގިވެސް ހުރެދާނެތީ ކަމަށް މާހިރުން ވިދާޅުވެއެވެ.

ޚަބަރުތައް ބުނާ ގޮތުން އައި-ފޯން ސެކިއުރިޓީގައި ހުރި ބާގަނޑު ފުރަތަމަ ހޯދާފައިވަނީ "އެނޯނިމަސް" ނުވަތަ ވަންހަނާވެގެން ހުންނަން އެދޭ ހެކަރެއްގެ ފުށުންނެވެ. އެނާ އަކީ ރަނގަޅު ނިޔަތެއްގައި މިފަދަ ކަންކަން ހެކު ކުރާ "ވައިޓް ހެޓް ހެކަރ" އެއް ކަމަށްވެއެވެ.

މިއިން ދުވަހަކު އަމިއްލަ އައިފޯނު ހެކްވެފައިވާ ކަމަށް ހީވާނަމަ، ޑޭއިލީ މެއިލް ނޫހުގެ އީމެއިލް[email protected]ލިޔުމުން އެހީތެރިކަން ލިބޭނެ ކަމަށް އެނޫހުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް