ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 19:10
ޓީ20 ޕްރމިއަރ ލީގުގެ ގުރުއަތު ނެގުމުގެ ތެރެއިން
ޓީ20 ޕްރމިއަރ ލީގުގެ ގުރުއަތު ނެގުމުގެ ތެރެއިން
ޓީ20 ޕްރިމިއަރ ލީގު
10 ޓީމާއެކު ޓީ20 ޕްރިމިއަރ ލީގެއް ފަށަނީ، ޕްރެޒިޑެންޓް ކަޕްވެސް އޮންނާނެ
ގަދަ ހަތަރު ޓީމް ވާދަކުރާނީ ޕްރެޒިޑެންޓްކަޕްގައި

10 ޓީމާއެކު ޓީ20 ޕްރިމިއަރ ލީގެއް ހުކުރު ދުވަހު ފަށަން ނިންމައިފިއެވެ.

މިއީ ޓީ20 ޕްރިމިއަރ ލީގެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. ލީގު ބުރުގެ ގަދަ ހަތަރު ޓީމާއެކު ޕްރެޒިޑެންޓް ކަޕްވެސް އޮންނާނެކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. ލީގުގައި ކޮންމެ ޓީމަކަށް މަދުވެގެން 9 މެޗު ކުޅެން ލިބޭނެއެވެ. ލީގުގެ ޗެމްޕިއަންކަން ލިބޭނީ ލީގު ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށެވެ. ގަދަ ހަތަރު ޓީމާއެކު ކުޅޭ ޕްރެޒިޑެންޓްކަޕް ވެގެންދާނީ ޓީ20 ގެ ފުރަތަމަ ޕްރެޒިޑެންޓް ކަޕް މުބާރާތަށެވެ. މުބާރާތުގައި ސީނިއަރ އަދި ޖޫނިއަރ ކުޅުންތެރިންގެ އިތުރުން ބޭރު ކުޅުންތެރިންވެސް ކުޅޭނެއެވެ. މުބާރާތް ކުރިއަށްދާނީ އޮގަސްޓް 19ން ސެޕްޓެމްބަރު 4އަށެވެ.

ލީގުގައި ވާދަކުރާ ޓީމްތަކަކީ; މިލާން ކްރިކެޓް އެކަޑަމީ, ސީބީއެލް ސްޕޯރޓްސް, މާލޭ ސްޕޯރޓްސް ކްލަބް, ވިޔަންސާ, ނިއު ސްޓާ, މާލޭ ވެޓަރެންސް, ވެސްޓް ސްޕޯރޓްސް ކްލަބް, ކޮމެޓްސް ކްރިކެޓް ކްލަބް, އައިޒީ ސްޕޯރޓްސް އަދި އޮފް އެފްސީއެވެ. މެޗުތައް ކުޅޭނީ އެކުވެނި ކްރިކެޓް ދަނޑުގައެވެ.

- ކޮމެންޓް