ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 20:14
އެންހެލް ޑިމާރިއާ
އެންހެލް ޑިމާރިއާ
ޓްވިޓަރ
އިޓާލިއަން ލީގު
ޑިމާރިއާއަށް ސެމްޕްޑޯރިއާ މެޗުގައި ނުކުޅެވޭނެ
 
ޑިމާރިއާއަށް ސެމްޕްޑޯރިއާ މެޗުގައި ނުކުޅެވެނީ އަނިޔާގެ ސަބަބުން

އިޓާލިއަން ލީގުގައި ސެމްޕްޑޯރިއާއާ ދެކޮޅަށް ޔުވެންޓަސް ނުކުންނަ މެޗުގައި، އެޓީމާ އަލަށް ގުޅުނު ފޯވާޑް އެންހެލް ޑިމާރިއާއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

ލީގުގެ ފުރަތަމަ މެޗުގައި ސަސުއޯލޯއާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި ޑިމާރިއާގެ ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ. ޓީމާ އަލަށް ގުޅުނު ޑިމާރިއާ ވަނީ 3-0ން ޔުވެންޓަސް މޮޅުވި އެމެޗުގައި އެޓީމަށް ލަނޑެއް ޖަހައިދީފައެވެ. ނަމަވެސް އަނިޔާގެ ސަބަބުން ލީގުގައި ކުރިއަށް އޮތް މެޗު އޭނާއަށް ނުކުޅެވޭނެކަމަށް ޔުވެންޓަސްއިން ވަނީ ބުނެފައެވެ.

ޔުވެންޓަސްއިން ބުނީ، ޑިމާރިއާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ ދެނެގަތުމަށް މިއަދުގެ ހެނދުނު ސްކޭންތަކެއް ހަދާފައިވާކަމަށެވެ. އަދި ކުރިއަށް އޮތް 10 ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަންޖެހޭނެކަން ޔުވެންޓަސްއިން ފާހަގަކުރިއެވެ. ޑިމާރިއާއަށް އެނބުރި ޓީމާ ގުޅެވޭނެ ދުވަހެއް ޔަގީންވާނީ 10 ދުވަސް ފަހުން އަލުން ހަދާ ސްކޭންތަކުގެ ނަތީޖާއިންނެވެ. އޭނާ މުޅިން ފިޓް ނޫންނަމަ ސަސުއޯލޯ މެޗުގެ އިތުރުން އޭއެސް ރޯމާއާ ބައްދަލުކުރާ މެޗުވެސް ޑިމާރިއާއަށް ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް