ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 15:00
ނިދި ނައިސްގެން އުޅެން ޖެހުން
ނިދި ނައިސްގެން އުޅެން ޖެހުން
ސީ.އެން.އެން
ނިދި ކޮންޓްރޯލް ކުރުން
ނުނިދިގެން އުޅެންޖެހޭނަމަ ކުރެވިދާނެ ބައެއް ކަންތައްތައް
 
ނިދި ނާންނަނީސް އަވަހަށް އޮށޯތުމަކުން ވަކި އަވަހަކަށް ނުނިދޭނެ

މާދަމާ ވަރަށް ފަތިހާ ހޭލަންޖެހިފައި އޮތް ނަމަ މިރޭ ނުނިދިގެން އުޅެން ޖެހޭ ތޯއެވެ. ތާކަށް ދިއުމަށްޓަކައި ފަތިހުގެ ފްލައިޓްއަކަށް ދާން ޖެހެނީ އެވެ. ނޫނީ ސްކޫލް އަލުން ހުޅުވި ކުދިންނަށް ސައިހަދާ ކުދިން ގަޑިޔަށް ތައްޔާރު ކުރުމަށް އާންމުކޮން ހޭލާ ގަޑިޔަށް ވުރެ އަވަހަށް ހޭލަން ޖެހޭ ފަހަރުތަކުގައެވެ. ފިކުރުތަކެއްގައި އޮއްވާ ހޭލަން އެލާމް ކުރި ގަޑި ޖެހި އެންދުން ތެދުވަން ޖެހޭ ތޯއެވެ.

މިކަމުގަ ބައެއް ސްލީޕް ސްޕެޝަލިސްޓުން ދެއްވާފައިވާ ނަސޭހަތް ހުރެއެވެ. ފުރަތަމަ ކަމަކީ ބޭނުންވާ ގަޑިޔަށް ނިދިނަޔަސް އެކަމާ ކަންބޮޑު ނުވާށެވެ. ކަންބޮޑު ވުމަކުން ނިދިއައުން އަވަހެއް ނުވެއެވެ.

އާންމުކޮން ގިނަ މީހުންނަކީ ނިދި ވަކި ގޮތަކަށް ޕްރޮގްރާމް ވެފަ ހުންނަ މީހުންނެވެ. އެއްބަޔަކު ލަހުން ނިދާފަ ލަހުން ހޭލުމަށެވެ. އަނެއްބަޔަކު އަވަހަށް ނިދާފަ އަވަހަށް ހޭލުމަށެވެ. މިގޮތަށް ނިދަން އާދަވެފަ ހުންނަ ޕެޓަރން ނުވަތަ ގޮތް ބަދަލު ކޮށްލަން އުޅެގެން ވަރަށް ގިނަ ފަހަރު އޮންނާނީ ކާމިޔާބު ނުވެފައެވެ.

ނިދީގެ ކަންކަން ކިޔަވައިގެން ތިއްބެވި މާހިރުން ވިދާޅުވާ ގޮތުގައި، ތަފާތު ގަޑިއެއްގައި ނިދަން ބޭނުންނަމަ،

ފުރަތަމަ، ނުވާނެކަމެއް ގަދަކަމުން ކުރަން ނޫޅޭށެވެ.

މިސާލަކަށް ތިމާއަކީ އާންމުކޮން ލަހުން ނިދާމީހެއް ނަމަވެސް ފަތިހު އަވަހަށް ހޭލުމަށްޓަކައި އަވަހަށް ނިދާނަމޭ ހިތައި 9 ޖަހާއިރު ނިދަން ނާރާށެވެ. އެއީ ތިބާގެ ހަށިގަނޑުގެ ގަޑިން ނިދުމަށް ސެޓުވެފައިވާ ގަޑިއެއް ނޫނެވެ. އެހާ އަވަހަށް އޮށޯތުމަކުން ވަކި އަވަހަކަށް ނުނިދޭނެއެވެ.

މިހެން އަވަހަށް ނިދަން ބޭނުންނަމަ ފުރަތަމަ 8ން 9 އަށް ކޮޓަރީގެ ބޮކިތައް ފަނޑު ކުރަމުން ގެންދާށެވެ. އަދި 10 ޖަހާއިރު ނިދަން އެނދަށް އެރުމަށް ގަސްތު ކުރާށެވެ. ނިދުމަށް ތައްޔާރުވާ ވަގުތުގައި ކޮޓަރީގައި އެއްވެސް ވަރަކަށް ނޫ އައްޔެއް ނުބަހައްޓާށެވެ. ނޫއަލި ހުރުމުން ސިކުޑިއަށް ނަގައިގަނެވޭނީ އެއީ ދުވާލުގެ އަލީގެ ގޮތުގައެވެ. ދުވާލުގެ އަލި ނުވަތަ ނޫ އަލި ހުރި ނަމަ ނިދުމަށް އެހީވެދޭ ހޯމޯން މެލަޓޯނިން މަސައްކަތެއް ނުކުރާނެއެވެ.

ނޫއަލި އާންމުކޮން ފެންނަނީ ސްމާޓް ފޯނާ ކޮމްޕިއުޓަރ ޓީވީ އަދި އީ-ރީޑަރ ފަދަ އިލެކްޓްރޯނިކް ޑިވައިސްތަކުންނެވެ. އެހެންކަމުން ނިދަން ބޭނުންވާ ގަޑީގެ ދެގަޑިއެއްހާއިރު ކުރިން އެފަދަ ޑިވައިސްތަކާއި އަދި ގަދަ އަލިތަކާ ދުރުވާށެވެ.

ހަށިގަނޑު ހިމޭން ކޮށްލުމަށް މަސައްކަތް ކުރާށެވެ.

މެޑިޓޭޓް ކުރުމުން ނިދުމަށް އެހީ ވެދޭނެ

ސްޓްރެސްވެފަ ހުރުން ޚާއްސަކޮން ނުނިދިދިދާނެތީ ސްޓްރެސް ވީވަރަކަށް މައްސަލަ ހައްތާވާނީ ގޯހެވެ. ކުރިއްސުރެވެސް ނުނިދޭ ބަލި (އިންސޮމްނިޔާ) ހުންނަ މީހުންވެސް ކަންކަމާ ސްޓްރެސް ވެފަ ހުރެގެން ނިދަން އުޅެގެން އެކަމެއް ނުވާނެއެވެ. އެހެން ކަމުން ކަމަކާ ކަންބޮޑުވެ ހާސްވެފަ ހުރިނަމަ ފުރަތަމަ މީހާގެ ސިކުޑިއާއި ހަށިގަނޑު ހިމޭން ކޮށްލެވޭތޯ ބަލާށެވެ. މިގޮތުން ފުންކޮން ނޭވާލުން، މެޑިޓޭޓް ކުރުން ފަދަ ކަންކަމުން ވަރަށް ގިނަ ފަހަރު މީހާގެ ހާސްކަން ފިލުވާދެއެވެ. އަމިއްލަ ނޭވާ ހިނގާގޮތް ހިތް މައްޗަށް ގެނެސް އެކަމަށް ފޯކަސްކޮށްގެން އޮވެ ފުންކޮން ނޭވާލުމަކީ ހަށިގަނޑު ހިމޭންކޮށްދީ ނިދުމަށް އެހީވެދޭނެ ކަމެކެވެ. ނޭވާ އަށް ފޯކަސްކުރާ އެއްގޮތަކީ  4-7-8 މެތަޑެވެ. ހަތަރުސިކުންތަށް ނޭވާ އެތެރެޔަށް ދަމާލުމަށްފަހު ހަތް ސިކުންތުވަންދެން ހިފަހައްޓާލާށެވެ. އެއަށް ފަހު އަށް ސިކުންތަށް ދެމިގެން ދާގޮތަށް ނޭވާ ބޭޜަށް ލާށެވެ. ސިކުންތު ބެލުމަށް އެކަކުން ފެށިގެން ގުނާނީ އެވެ. މިގޮތަށް އެތައްފަހަރަކު ނޭވާލުމަށް ފަހު މީހާ ރިލެކްސް ވޭތޯ އަމިއްލައަށް އަޅެ ވިސްނާލާށެވެ.

ހޭލެވުމާ އެކު ކޮޓަރި ތެރެޔަށް "ދުވާލު" ގެންނާށެވެ.

ހޭލަން ކުރި އެލާމްޖެހުމާއި އެކު އަވަހަށް ބޮކިތައް ދިއްލާށެވެ. އަލިގަދަ ކޮށްލާށެވެ. އެހެން ބަހަކުން ނަމަ އަވަހަށް "ދުވާލު" ގެންނާށެވެ. އޭރުން ސްނޫޒް ކުރަން ނުޖެހި ހޭލެވޭނެ އެވެ. އަދި މެލަޓޯނިން ހޯމޯން ވެސް ބަންދުވާނެ އެވެ. މާހިރުން ވިދާޅުވާ ގޮތުގައި ދުވާލުގެ ކޮންމެވެސް ވަގުތެއްގައި އަތްވަށް ނިކުމެލުން މުހިންމެވެ. މިހެން ހެދުމުން ހަށިގަނޑުގެ ސަރކިއުލޭޝަން ނުވަތަ ލޭ ހިންގާ ނިޒާމްގެ މަސައްކަތް ރަނގަޅުވެ ދުވާލު ގަޑީގައި ލިބޭ ހަކަތަ އިތުރުވެ، އަދި ރޭގަނޑު އަރާމުކޮން ނިދުމަށް އެހީވެދޭނެއެވެ.

ޕަވަރ ނެޕްއެއް ނެގުމަށް ވިސްނާށެވެ.

މަސައްކަތުގެ މާހައުލުގައިވެސް ޕަވަރ ނެޕްއެއް ނެގިދާނެ

ފަތިހާ ހޭލާ ދުވަހުގެ މެންދުރުފަހު ވިއްސަކަށް ނުވަތަ ތިރީހަކަށް މިނެޓުގެ ޕަވަރ ނެޕްއެއް ނަގަން ޕްލޭން ކުރާށެވެ. (މަސައްކަތުގެ މާހައުލުގައިވެސް ޕަވަރ ނެޕްއެއް ނެގިދާނެއެވެ.) އަދި ދެވަނަ ރޭ ވެސް އަވަހަށް އޮށޯވެވޭތޯ ބަލާށެވެ. ކުރީ ރޭގެ ނިދި ބާކީ ހުރުމާ އެކު ދެވަނަ ރޭ އަވަހަށް ނިދޭނެއެވެ.

ކެފެއިން ހުންނަ ބުއިންތަކާ ދުރުވާށެވެ.

އަވަހަށް ނިދަން ގަސްތުކުރާނަމަ މެންދުރުގެ ކެއުމުގެ ފަހުން ކެފެއިން ހުންނަ ބުއިންތަކާ ފޮނި އެއްޗެތި ނުކާށެވެ. ހަކުރާ ކެފެއިންއަކީ މީހާއަށް އިތުރު އެނަރޖީ ލިއްބައިދޭ ތަކެތި ކަމުން ހަވީރު މިފަދަ ތަކެތި ބޭނުންކޮށްފި ނަމަ ރޭގަނޑު އަވަހަށް ނިދަން އުނދަގޫ ވާނެއެވެ.

ދުރުގައި ހުރި އާއިލާގެ މީހަކު ދަންވަރު ގުޅައިފި ނަމަ ހަދާނީ ކިހިނެތް؟

ގަޑީގެ ތަފާތު ހުރި ގައުމެއްގައި ހުރި އާއިލާގެ މީހަކު ދަންވަރުގެ ގަޑިއެއްގައި ފޯނު ކޮށްފިނަމަ،

- ނިދި ބްރޭކް ވިޔަ ނުދިނުމަށްޓަކާ އެވަގުތު އެއްވެސް ބޮތްކެއް ނުދިއްލާށެވެ.

- ހަމަޖެހިލައިގެން ވާހަކަ ދައްކާލުމަށްފަހު އަނެއްކާވެސް ނިދޭތޯ ބަލާށެވެ.

- 10 ވަރަކަށް މިނެޓުތެރޭ އަލުން ނުނިދިއްޖެ ނަމަ އެހެން އެނދެއް ލިބޭނަމަ އެތަނުގައި އޮށޯވެ ފޫހި ފޮތެއް ކިޔޭތޯ ބަލާށެވެ. ފޯނު ނުވަތަ އެހެން އިލެކްޓްރޯނިކް ޑިވައިސްއެއްގައި އަތް ނުލާށެވެ.

- ތެދުދުވެ ސިންކުގައި ހުރި ތަށިތައް ދޮވުން ފަދަ ކަމެއް އެވަގުތު ނުކުރާށެވެ. އެވަގުތު ކަސްރަތު ކޮށް ބޭރަށް ގޮސް އެކަހަލަ ކަމެއްވެސް ނުކުރާށެވެ.

- އެވަގުތު ދެން ނިދި ނައިސްފިނަމަ މެޑިޓޭޓްކޮށް ހަށިގަނޑު ރިލެކްސްކޮށް އަދި ކޮންމެވެސް އުފާވެރި ހަންދާންތަކެއް ކޮށްލުމަށް އެދުގައި މަޑުކޮށްލެވިދާނެއެވެ. ހަށިގަނޑު ރިލެކްސް ވީވަރަކަށް ނިދީގެ ފޮނިކަން އިތުރު ވާނެއެވެ.

މައުލޫމާތު : ސީއެންއެން ހެލްތު  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
50%
0%
0%
0%
0%
ކޮމެންޓް